އޮޑިޓް އޮފީހަށް 93 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

އޮޑިޓް އޮފީހަށް 93 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
20 އޮކްޓޯބަރ 2022 02:22
0

އޮޑިޓާ ޖެނަރަލް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 93.4 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރަން މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.

އޮޑިޓް އޮފީހުން އަންނަ އަހަރަށް ހުށަހެޅީ 95 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މާލިއްޔަތު ކޮމިޓީން އޮޑިޓް އޮފީހުގެ ބަޖެޓު ކުޑަކުރީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުއާ މަޝްވަރާކުރެއްވުމަށްފަހު މިނިސްޓްރީއާއި އޮޑިޓާ ޖެނަރަލްގެ އޮފީހުން އެއްބަސްވާ ގޮތަށް ފަހުން ބަދަލުތައް ގެނެސްގެންނެވެ.

އޮޑިޓް އޮފީހުން ހުށަހެޅި ބަޖެޓްގެ 62 މިލިޔަން ރުފިޔާއަކީ ރިކަރެންޓް ޚަރަދަށް ހިނގާނެކަމަށް ބެލެވޭ ފައިސާއެވެ. އަދި 32 މިލިޔަން ރުފިޔާއަކީ ކެޕިޓަލް ޚަރަދުތަކެވެ. މިދިޔަ އަހަރަށް އޮޑިޓް އޮފީހަށް ފާސްކޮށްފައިވަނީ 90 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރަމުން އަންނަ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާއި ވަކިން މަޖިލީހަށް ހުށަހަޅައި ފާސްކުރަންޖެހޭ ބަޖެޓެކެވެ. ނަމަވެސް ދައުލަތުގެ ބަޖެޓް މަޖިލީހުން ފާސްކުރާއިރު އޮޑިޓް އޮފީހުގެ ބަޖެޓުވެސް ފާސްކޮށް ދައުލަތުގެ ބަޖެޓްގައި ހިމަނަންޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.