އއ. އުކުޅަސް މަގު ހެދުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ، އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ.
އއ. އުކުޅަހުގެ އާބާދީގެ ގޮތުގައި 059,1 މީހުންގެ ލިޔުމުގައި ފެންނާން އޮތަސް މި ރަށުގައި 700,1 އެއްހާ މީހުން ދިރިއުޅެމުން އަންނަކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ. މީގެ މައިގަނޑު ސަބަބަކީ އއ. އުކުޅަހުގައި ގެސްޓްހައުސް ވިޔަފާރި ވަރަށް ބާރު ސްޕީޑުގައި ކުއިއަރާފައިވުމެވެ. ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރުވެގެން ބޭއްވި އިނާމު ދިނުމުގެ ހަފްލާގައި އެންމެ ކުރިއަރަމުން އަންނަ ގެސްޓްހައުސް މަންޒިލުގެ ރަން އެވޯޑުވެސް ހޯދާފައިވަނީ އއ. އުކުޅަހުންނެވެ.
މިރަށުގައި ފަތުރުވެރިކަމަށް ރެޖިސްޓަރކޮށް ހިންގަމުންދާ 34 ގެސްޓްހައުސް މިހާރުވެސް އެބަހުއްޓެވެ. ފަތުރުވެރިކަން އެންމެ ރަނގަޅު ދުވަސްވަރުގައި ރަށުގެ އާބާދީ 000,2 އާއި ގާތްކުރާނެކަމަށް ކައުންސިލުން ލަފާކުރެއެވެ. އެގޮތުން މިރަށުގައި ރައްޔިތުންނާއި އަދި ރަށަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށްވެސް އެންމެ ދަތިވާކަމަށް ފާހަގަކުރާ އެއް ކަމަކީ ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިފައި ނެތުމެވެ. ވިއްސާރަ ދުވަސްކޮޅެއްނަމަ މިހާރުވެސް ފެން ރަނގަޅަށް ނުހިނދި އެތައް ދުވަހެއް ހުރެއެވެ.
MTCC has signed an agreement with @MoNPHImv for Aa. Ukulhas Road Development Project. CEO @adamazim signed on behalf of MTCC and Ms. Fathimath Shaana Farooq, DG, signed on behalf of Ministry. MP @HassanShiyaan graced the ceremony.#MTCCProjects #RayyithungeKunfuni pic.twitter.com/l1fJJxTJrO
— MTCC Plc (@MTCCPlc) October 19, 2022
އަދި މަގުގައި އެތަކެއް އަޑިގުޑަންތައް ހުރުމުގެ ސަބަބުން ހިނގާ މީހުންނާއި ދުއްވާ ތަކެއްޗަށް އެތަކެއް ދަތިތަކާއި ދަނީ ކުރިމަތި ވަމުންނެވެ. މަގު ހިކިފައި އޮންނައިރު ހިރަފުހުގެ އުނދަގޫވެސް އެހާމެ ބޮޑުކަމަށް ރައްޔިތުން ބުނެއެވެ. އއ. އުކުޅަހަކީ މި އަތޮޅަށް ބަލާއިރުވެސް އެންމެ ގިނަ އަދަދަކަށް ސައިކަލް އަދި ރަށު ޕިކަޕް ބޭނުންކުރަމުން އަންނަށް އެއް ރަށްކަމަށް ކައުންސިލުން ފާހަގަކުރެއެވެ. ފެނާއި ނަރުދަމާގެ މަސައްކަތް ރަށުގައި ފުރިހަމަވެފައިވުމާއެކު މި ރަށު ރައްޔިތުންގެ މިހާރު އޮތް އެންމެ ބޮޑު އެއް އުންމީދަކީ މަގުތައް ރަނގަޅު ފެންވަރަކަށް ހެދޭނެ ދުވަހެކެވެ.
އެހެންކަމުން ސޮއިކުރެވުނު މި މަޝްރޫޢާއެކު، އުކުޅަހުގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރާނެ ދުވަހަކަށް އެ ރަށުގެ ރައްޔިތުން ކުރަމުން އައި އިންތިޒާރު ނިމުމަކަށް އައީއެވެ. އަދި މި މަޝްރޫޢު ނިމުމާއެކު، އުކުޅަހުގައި ދިރިއުޅޭ ރައްޔިތުންނާއި ޒިޔާރަތްކުރާ ފަތުރުވެރިންނަށް މަގުތަކުގައި ހިނގާފައި އުޅުމަށާއި، ދުއްވާތަކެތި ބޭނުންކުރުމުގައި ގިނަގުނަ ލުއި ފަސޭހަތަކެއް
ލިބިގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން، 678,2 މީޓަރުގެ 10 މަގެއް ތަރައްޤީ ކުރެވިގެންދާނެއެވެ. މި މަގުތަކުގައި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ސެޓެލްމަންޓް ޓޭންކެއް ބެހެއްޓުމާއި، ކޭބަލް ޖަންކްޝަން ބޮކްސްއެއް ވަޅުލުމާއި، 193,4 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 452,14 އަކަ މީޓަރުގެ ކެރިއެޖްވޭ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ކުރެހުމާއި، ކަފިހިހުރަސް ފާހަގަކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، މަގުމަތީ ސަލާމަތީ ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 48.59 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫޢެކެވެ.
ކޮމެންޓު ފޮނުވާ