ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން މަރުވި އައްޑޫ ފޭދޫ ސޮލިޑް މުހައްމަދު ޒަޔާން މޫސާ މަރުވުމުގެ ކުރިން ހަމަލާދިން ގޮތާއި ހަމަލާ ދިން މީހުން ކިޔައިދީފައި ވާކަމަށާއި، އޭނާ މަރާލާލުމުގެ ދެދުވަސްކުރިން އިންޒާރުދީ، އޭނާ ދިރިއިއުޅޭ ގޭގެ ދޮރަށް ކަތިވަޅިއެއްޖެހި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރިކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ޖޫންމަހުގެ 2 ވަނަ ދުވަހު ވަޅިން ހަމަލާދިނުމުގެ ސަބަބުން މަރުވި ޒަޔާންގެ މަރުގެ މައްސަލާގައި ފުލުހުން ހިންގާފައިވާ ތަހުގީގު މައުލޫމާތުތައް ހާމަ ކުރައްވަމުން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތު އެންޑް ހޯމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވި ގޮތުގައި، ޒަޔާންގެ މަރަކީ އައްޑުއަތޮޅު ފޭދޫގެ ދެ ގޭންގެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ބަދަލު ހިފުމުގެ ގޮތުން ދުރާލާ ރޭވިގެން ދީފައިވާ ހަމަލާއެއް ކަމުގައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް އިންސްޕެކްޓަރ ސާމިހު ވިދާޅުވި ގޮތުގައި، ޒަޔާންއަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ އައްޑު އޮތޮޅު ގަމު ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވަނީ އޭނާގެ އާއިލާގެ ފަރާތުން ކަމުގައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ޕޮލިހަށް މައްސަލަ ހުށަހެޅުމާއެކު އެގެއަށް ފުލުން ދިޔަކަމަށާއި، ދިޔައިރު އެގޭގެ އެކި ސަރަހައްދުތަކުން ލޭ ފެންނަން ހުރިއިރު ޒަޔާން އޮތީ އެގޭ ދެވަނަ ފަންގިފިލާގައި ކަމުގައެވެ. އަދި އޭގެ އިތުރުން ހާދިސާ ހިނގި ސަރަހައްދުން ހަމަލާ ދޭން ބޭނުންކުރި ހަތިޔާރާއި އެފަރާތްތަކާއި ގުޅުންހުރި މާއްދީ ބައެއް ހެކިތައްވެސް ފެންނާ ހުރިކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ. ފުލުހުން ވިދާޅުވީ ފުލުހުން އެ ސަރަހައްދަށް ދިއިރު، އާއިލާގެ ބައެއް މީހުން ގެންދިޔައީ ޒަޔާންގެ ގައިން ފައިބަމުންދިޔަ ލޭ މަނާކުރެވޭތޯ މަސައްކަތް ކުރަމުން ކަމުގައެވެ.
ފުލުހުންނަށް ޒަޔާން ފެނުނުއިރު އޮތީ ތަޅުންގަނޑުމަތީ ޖިންސު ބުރިއެއް ލައިގެން ހުސްގަޔާ. ޒަޔާނަށް ހަމަލާދިނުމުގެ ސަބަބުން ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއްވެ ގިނަ އަދަދެއްގެ ލޭ އަންނަމުންދިޔަ ނަމަވެސް ޒަޔާން އެވަގުތު ޒަޔާންއަށް ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވުނު. ހަމަލާއާއި ގުޅޭގޮތުން ފުލުހުން ޒަޔާންއާއި ސުވާލުކުރި. ހަމަލާ ދިން ގޮތާއި ހަމަލާ ދިން މީހުންނާއި ގުޅޭ ގޮތުން ޒަޔާން އެވަގުތު ވާހަކަ ދައްކާފައިވޭ.
ސާމިހު ވިދާޅުވެފައި ވެއެވެ.
ސަމިހު ވިދާޅުވި ގޮތުގައި ޒަޔާންއަށް އަވަސް ފަރުވާ ދިނުމަށް އޭނާ އައްޑު އިކުއެޓޯރިލް ހޮސްޕިޓަކަށް ގެންދެވުނުކަމަށެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ޒަޔާނަށް ހަމަލާދިން ސަރަހައްދުން ފެނިފައިވާ ބައެއް ހެކިތަކުންނާއި ތަކެތިން، މިމައްސަލާގައި ހައްޔަރު ކުރެވުނު އެކެއްގެ ޑީއެންއޭ ދިވާކަމަށާއި އަދި 6 މީހަކު ހެކި ނައްތާލުމަށް މަސައްކަތް ކޮށްފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ހިމެނެނީ 15 އަހަރާއި 19 ދެމެދުގެ މީހުންކަމުގައިވެސް ސާމިހު ވިދާޅުވެފައި ވެއެވެ.
ޒަނާންއަށް ތޫނު އެއްޗަަކުން ހަމަލާދީފައިވަނީ މިއަހަރުގެ މޭމަހުގެ 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ މަރުވެފައިވަނީ ލިބުނު އަނިޔާތަކަށް އައްޑު އީކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އޭގެ ދެދުވަސްފަހުން ޖޫންމަހުގެ 2 ވަނަ ދުވަހުއެވެ.
ފުލުހުން މިއަދު ހާމަ ކޮށްފައިވާ ގޮތުގައި މިމައްސަލާގައި ހަތަރު ކުޑަކުދިން ހިމެނޭ ގޮތުން 11 މީހަކުވަނީ ހައްޔަރު ކޮށްފައެވެ.
ކޮމެންޓު ފޮނުވާ