ގަހުގެ ވިޔަފާރިކުރާތީ ސިޓީ ކައުންސިލް 10،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ގަހުގެ ވިޔަފާރިކުރާތީ ސިޓީ ކައުންސިލް 10،000 ރުފިޔާއިން ޖޫރިމަނާކޮށްފި

Author
މުޙައްމަދު ޝަޒައިމް
18 އޮކްޓޯބަރ 2022 09:24
0

ހުއްދަ ނެތި ގަހުގެ ވިޔަފާރިކުރާ ކަމަށް ބުނެ އިކޮނޮމިކް މިނިސްޓްރީން މާލެ ސިޓީ ކައުންސިލް 10،000ރ. އިން ޖޫރިމަނާކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލްއިން ވަނީ އެ ކައުންސިލްއިން ހިންގަން ނިންމާފައިވާ "އެއް ލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓައި ހައްދައި ގަސް ވިއްކަން މާލޭގެ ކާނިވާ ސަރަަހައްދުގައި ފިހާރައެއް ހުޅުވާފައެވެ.

އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ސިޓީ ކައުންސިލަށް ވިޔަފާރިކުރެވޭނީ ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދައިގެން ކަމަށެވެ. ނަމަވެސް، ސިޓީ ކައުންސިލުން މި މަހުގެ 8 ވަނަ ދުވަހުގެ ރޭ "މާލެ ފެހި" ގެ ނަމުގައި ގަހާއި ގަސްކާނާ ވިއްކާ ފިހާރަ ހުޅުވީ އެފަދަ އެއްވެސް ކަމެއް ނުކޮށް ކަމަށެވެ.

ހުއްދަ ނުހޯދާ ވިިޔަފާރިކުރާ ކަމަށް ބަލައި އެ ކައުންސިލަށް ޖޫރިމަނާގެ ޗިޓް ހަވާލުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. ސިޓީ ކައުންސިލަށް ވިޔަފާރިކުރެވޭނީ ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދައިގެންނެވެ.

މާލޭ ސިޓީ ކައުންސިލްއިން ގަސް ވިއްކާތީ އަމާޒުވި ފާޑު ކިއުންތަކަށް ރައްދު ދެއްވައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކައުންސިލްއިން ގަސް ވިއްކި ނަމަވެސް އެފަދަ އެހެން ވިޔަފާރިތަކަށް ގެއްލުންވާނެ ކަމަށް ގަބޫލު ނުކުރައްވާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.