ރަޝިއާއަކީ ޓެރަރިސްޓް ދައުލަތެއްކަމަށް، އެސްޓޯނިއާގެ ގާނޫނުހަދާ މަޖިލީހުން ނިންމައިފި

ރަޝިއާއަކީ ޓެރަރިސްޓް ދައުލަތެއްކަމަށް، އެސްޓޯނިއާގެ ގާނޫނުހަދާ މަޖިލީހުން ނިންމައިފި

Author
ހުސެއިން
18 އޮކްޓޯބަރ 2022 07:29
0

ރަޝިއާއިން ޔޫކުރެއިންގައި ކުރަމުންދާ ހަނގުރާމައާއި ގުޅިގެން، އެސްޓޯނިއާގެ ގާނޫނުހަދާ މަޖިލީހުން، ރަޝިއާގައި އޮތީ "ޓެރަރިސްޓް ސަރުކާރެއް" ކަމަށާއި އެގައުމަކީ "ޓެރަރިޒަމަށް ހިތްވަރުދޭ" ގައުމެއް ކަމަށް ކަނޑައަޅައިފިއެވެ.

"ޔޫކުރެއިންގެ ގާނޫނުހަދާ މަޖިލީހުން ދުނިޔޭގެ ގައުމުތަކަށާއި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކަށް ގޮވާލާފައިވާ ގޮވާލުމަށް ތާއީދުކޮށް، ގާނޫނުހަދާ މަޖިލީހުންވަނީ ރަޝިއާގައި އޮތީ ޓެރަރިސްޓް ސަރުކާރެއް ކަމަށާއި އަދި އެގައުމަކީ ޓެރަރިޒަމަށް ހިތްވަރުދޭ ގައުމެއްކަމަށް ނިންމާ، އެންމެ އެކަތިގަޑެއްގެ ގޮތުގައި ރަޝިއާއާއި ކުރިމަތިލުމަށް ވަނީ ގޮވާލާފަ،" އެސްޓޯނިއާގެ ގާނޫނުހަދާ މަޖިލިގެ ރައީސް ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

"ރިގިކޮގު (އެސްޓޯނިއާގެ ގާނޫނުހަދާ މަޖިލިސް)އިން ބައިނަލްއަގުވާމީ މަސްރަހަސް ގޮވާލަނީ މި ރަޝިއާއަކީ ޓެރަރިސްޓު ދައުލަތެއް ކަމަށް ނިންމުމަށް."

މި ބަޔާނުގައި ބުނެފައިވަނީ، ރަޝިއާގެ ވޭންގަރ ކުލީ ސިފައިންނާއި (ޕުޓިންއަށް ހަގުރާމަ ކޮށްދޭ ކުލީ ސިފައިންގެ ޖަމާއަތެއް) ރަޝިއާގެ ބައެއްގެ ގޮތުގައި މިހާރު ކަނޑައަޅާގައިވާ ޑޮނެސްކް އަދި ލުހާންސްކުއަކީވެސް ޓެރަރިސްޓް އޯގަނިޒޭޝަންތައް ކަމަށް ނިންމާފައި ވާކަމުގައެވެ.

އޭގެ އިތުރަށްވެސް މި ބަޔާނުގައި ބުނެފައިވަނީ، ރަޝިއާގެ ރައީސްގެ ނިއުކުލިއަރ ހަތިޔާރުގެ ބިރު ދެއްކުންތަކާއެކު އެގައުމު ވެގެން ގޮސްފައިވަނީ މުޅި ދުނިޔެއަށާއި ޔޫރަޕަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާ ކަމުގައި ކަމަށެވެ.

އަދި އެސްޓޯނިއާއިން ވަނީ، ރަޝިއާއިން ކުރަމުންދާ ހަނގުރާމައާއި، އެގައުމުގެ ބައެއްގެ ގޮތުގައި ޔޫކުރެއިންގެ ބައެއް ބައިތައް ހަމަޖެއްސިޖެއްސުންވެސް ކުށްވެރި ކޮށްފައެވެ. އަދި އެސްޓޯނިއާއިންވަނީ ޔޫއެންގެ ސެކިއުރިޓީ ކައުންސިލުން ބޭރުކުރުމަށްވެސް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.