ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ ޝަރީޢަތަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ނުފޫޒް ފޯރުވާކަމަށް ރައީސް ޔާމީން ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވައިފިއެވެ.
ރައީސް ޔާމީން ހއ.އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ އަދާލަތު ޕާޓީގެ ޢަލީ ޒާހިރު އެމަނިކުފާނުގެ ޝަރީޢަތް ހިނގަމުންދާގޮތް އިރުއިރުކޮޅާ ބަލަން ޖެހެނީ ކީއްވެތޯ ސުވާލު އުފެދޭކަމަށެވެ. ރައީސް ޔާމީންގެ އެ ވާހަކަފުޅަށް ރައްދު ދެއްވައި ޢަލީ ޒާހިރު ވިދާޅުވީ، ރައީސް ޔާމީނާމެދު އެއްވެސް ޝަޢުގުވެރިކަމެއް އަދި ޝަރީޢަތްތަކާމެދުވެސް އެއްވެސް ޝަޢުގެއް ނެތްކަމަށެވެ.
ޔޫޓިއުބުން ލައިވް ކުރާއިރުވެސް މަނިކުފާނުގެ ޝަރީޢަތް ހިންގަމުން ދާގޮތް ބަލަން ފުރުޞަތު ނުލިބި ދަނީ.
– ޢަލީ ޒާހިރު ވިދާޅުވިއެވެ.
Manikfaana medhu alhuganduge neh shauguverikameh manikfaanuge shariathaka medhu amudhakun neh ingey tho. YouTube in live kura iru ves manikfaanuge shariah hingamun dhaagoi balalan furusathu nulibi dhani.
— Ali Zahir (alipi) (@alixahir) October 17, 2022
ޢަލީ ޒާހިރު މީގެ ކުރިންވެސް ކޯޓުތަކުގެ ޝަރީޢަތްތަކަށް ނުފޫޒް ފޯރުވާކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް ޢަލީ ޒާހިރު ވަނީ އެކަންކަން ދޮގުކޮށްފައެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ޝަރީޢަތް ހިނގަމުންނެވެ. ވ. އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރކުރުމާއި ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާއެވެ.
ކޮމެންޓު ފޮނުވާ