ރައީސް ޔާމިންގެ ދައުރުގައި އިމާރާތްކުރި ސަލްމާން މިސްކިތުގެ އިމާމްކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލިހުގެ މެމްބަރު ޝެއިޚް އިލްޔާސްގެ ދަރިފުޅު އައްމާރު އިލްޔާސް، ބޮޑު މުސާރައެއް ލިބޭ ގޮތަށް އައްޔަން ކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައ،ި މަދީނާ ޔުނިވަރސިޓީން ތައުލީމު ހާސިލް ކޮށްފައިވާ އައްމާރު އިލްޔާސް އިމާމްކަމުގެ މަގާމަށް އައްޔަން ކޮށްފައިވަނީ ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައެވެ.
ޑެޕިއުޓީ މިނިސްޓަރުން ފެންވަރުގެ މަގާމްތަކަކީ މަހަކު 35 ހާސް ރުފިޔާ ލިބޭ މަގާމްތަކެކެވެ.
ޝެއިޚް އިލްޔާސްއަކީ މި ސަރުކާރު ގެނައުމަށް އިސްދައުރެއް އަދާކުރި ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އަދި ދަރިފުޅަށް ސިޔާސީ މަގާމެއް ލިބުމާއި ގުޅިގެން ޝޭޚް އިލްޔާސް މިހާތަނަށް އެއްވެސް ކޮމެންޓެއް ކުރައްވާފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ