ދާއިރާގެ ރައްޔިތުންނަށް ޖާބިރުގެ ވަސިއްޔަތް: 2023ގެ އިންތިޚާބުގަ ރައީސް ސާލިހުއަށް ވޯޓު ދޭތި

ދާއިރާގެ ރައްޔިތުންނަށް ޖާބިރުގެ ވަސިއްޔަތް: 2023ގެ އިންތިޚާބުގަ ރައީސް ސާލިހުއަށް ވޯޓު ދޭތި

Author
ހުސެއިން
17 އޮކްޓޯބަރ 2022 05:45
0

ކުރިޔަށް އޮތް 2023ގެ ރިޔާސީ އިންތިޚާބުގަ ރައީސް ސާލިހަށް ވޯޓު ދިނުމަށް ކާށިދޫ ދާއިރާގެ ރައްޔިތުންނަށް އެ ދާއިރާގެ މެމްބަރު ޖާބިރު ވަސިއްޔަތް ކުރައްވައިފިއެވެ.

މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން، ކ. އަތޮޅު މަދަރުސާގައިއޮތް، ރައީސް ސާލިހު ޝަރަފްވެރި ކޮށްދެއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އޭނާ ނެތްދުވަހުކުންވެސް 2023ގެ ރިޔާސީ އިންތިޚާބަށް ރައީސް ސާލިހު އެރަށަށް ވަޑައިގަންނަވައިފިނަމަ ވޯޓު ކަރުދާސްކޮޅުގައި އެމަނިކްފާނުގެ ނަމާ ދިމާލުގަ ހެޔޮ ފާހަގަ ޖެއްސެވުމަށް ދާއިރާގެ ރައްޔިތުންނަށް ވަސިއްޔަތް ކުރައްވާ ކަމުގައެވެ.

އަދިވެސް އެއްފަހަރު އަޅުގަޑު މި ދަންނަވަނީ އަޅުގަޑު ނެތްދުވަހަކުންވެސް ރައީސް އިބުރާހިމް މުހައްމަދު ސާލިހު މި ދާއިރާއަށް އަތުވެއްޖެކަމަށް ވަންޏާމު 2023 ވަނަ އަހަރު އޮންނަ އިންތިޚާބުގައި އެމަނިކްފާނުގެ ނަންފުޅު ޖަހާށޭ ވޯޓު ކަރުދާސް ކޮޅުގަ.. މިއީ އަޅުގަޑުގެ ވަސިއްޔަތަކީ.

ރައީސް ސާލިހު ބައިވެރިވެ ވަޑައިގެންނެވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވިއެވެ.

ރައީސް ސާލިހު ކ. ކާށިދޫއަށް ވަޑައިގަތީ މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވަވަޑައިގަތުމަށެވެ.

ދަނޑުވެރިންގެ ދުވަހާއި ބައިނަލްއަޤުވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ބޭއްވުނު މިޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކާށިދޫއަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަތާ ޒަމާންތަކެއް ވީ ރަށެއް ނަމަވެސް، ކާށިދޫގައި ޤައުމީ ފެންވަރުގައި މިފަދަ ދުވަހެއް މީގެ ކުރިން ފާހަގަކޮށްފައި ނެތްކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ކާށިދޫގައި ދަނޑުވެރިކަން ކުރުމަށާއި ދަނޑުވެރިންނަށް އޮތް ގޮންޖެހުންތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

މި ޖަލްސާއަށް ފަހުގައި އޮތް ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޚާއްޞަ ޖާފަތުގައިވެސް ރައީސް ސާލިހު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ، ކާށިދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީއާ މިއަދު ބައްދަލުކުރައްވާނެއެވެ. އަދި ކާށިދޫ ހެލްތު ސެންޓަރަށް ވެސް އެމަނިކުފާނު ޒިޔާރަތްކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކާށިދޫއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުގައި މާލެ ވަޑައިގަންނަވާނީ މިއަދުހެ މެންދުރުފަހުގެ ވަގުތެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލިބަ
އިންތިހާބާ ކައިރިވީމަ ޖާބެގ ކޑ ބޮލަށް ފިތައިލާފި...