ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ %37 އާއިލާއިން ކުލި ނުދައްކާ: ވާލްޑް ބޭންކު

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ %37 އާއިލާއިން ކުލި ނުދައްކާ: ވާލްޑް ބޭންކު

ގުޅުންހުރި

ހިޔާ ފްލެޓުގައި ދިރިއުޅެމުންދާ 6،338 އާއިލާގެ ތެރެއިން 2،345 އާއިލާއިން (%37 އާއިލާއިން) ކުލި ނުދައްކާ ކަމަށާއި، މި ފަރާތްތަކުން ކުލި އަތުލުމަށް އެޗްޑިސީން މިހާތަނަށް މަސައްކަތް ކޮށްފައި ނުވާކަމަށް ވާރލްޑް ބޭންކުން ބުނެފިއެވެ.

ވާރލްޑް ބޭންކުން ނެރެފައިވާ "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ހުޅުމާލޭ ފުރަތަމަ ފިޔަވަހިން އެކި ސޯޝަލް ހައުސިން ޔުނިޓްތަކުންވެސް 800 އަށްވުރެ ގިނަ މީހުން ކުލި ނުދައްކާ ކަމުގައެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުން ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކުގެ ތެރެއިން ކުލި ނުދައްކާ އާއިލާތަކަށް ކުލި ދެއްކުމަށް އިތުރު ފުރުސަތު ދީފައިވި ނަމަވެސް، މީގެތެރެއިންވެސް ގިނައީ ކުލި ނުދައްކާ އާއިލާތައް ކަމަށާއި، އަދި މި އާއިލާތަކުން ކުލި އަތުރުމަށް އިތުރު ފުރުސަތު ދިނުމުގެ އިތުރުން ކުލި އަތުލުމަށް އިތުރު މަސައްކަތްތަކެއް އެޗްޑީސީން ކުރަމުންވެސް ނުދާ ކަމުގައެވެ.

ހިޔާ ފްލެޓްތަކުގައި މީހުން އާބާދުވެ ދިރިއުޅެން ފެށުމާއެކު އެޗްޑިސީން ބުނެފައިވަނީ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ކުލި ނުދައްކާ ފަރާތްތަ ޖުރިމާނާ ކުރާނެ ކަމުގައެވެ. އެހެންނަމަވެސް ކުލި ނުދައްކާ އާއިލާތަކާމެދު އަޅާފައިވާ ފިޔަވަޅެއް އެކުންފުނިން މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.

ހިޔާ ފްލެޓްތަކުގައި ދިއިރުޅުމުންދާ ބައެއް އައިލާތަކުން މިހާރުވެސް ދަނީ ފްލެޓްތަކުގެ ކުލި ބޮޑުވެގެން އެކަމުގެ ޝަކުވާތައް ކުރަމުންނެވެ.

ވާރލްޑް ބޭންކުން ނެރެފައިވާ "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުން ހިޔާ ފްލެޓްތައް ނުނިންމާ އާއިލާތަކާއި ހަވާލުކުރުމުގެ ނަތީޖާއެއްގެ ގޮތުން، ފްލެޓްތައް ނިންމުމަށް ބޭންކުން ލޯނު ނަގަން ޖެހުމަކީވެސް ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުމެއް ކަމުގައެވެ.

އަދި މީގެ އިތުރުން ހިޔާ ޓަވަރުތަކުގައި ހަރުކޮށްފައިވާ ލިފްޓަތަކުގެ ކުޑަކަމާއެކު، މީހުން ތޮށްޖެހުމުގެ މައްސަލަ ހައްލުކުރުމަށް، ސަރުކާރުން ލޯނު ފައިސާއިން ޚަރަދުކޮށްގެން ކޮށްފައިވާ މި އިންވެސްޓަމަންޓަށް އެޗްޑިސީއަށްވެސް ޚަރަދު ކުރަން ޖެހުނު ކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ރާއްޖޭ ޓްރާންސްޕޯޓް ލިންކްގެ ބަސް ދަތުރުގެ ޚިދުމަތް އިފްތިތާހް ކުރުމަށް މިއަހަރު ބޭއްވި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާތައް ލިބެމުން އަންނަކަން ފާހަގަކުރައްވާފައެވެ.

އަދި ހިޔާ ފްލެޓްގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން އެންމެ ގިނައިން ލިބޭ ޝަކުވާއަކީ ފްލެޓްތަކުގެ ކުލި ބޮޑުވުން ކަމަށާއި، އެކަމަށް ހައްލު ގެނެސް އަދި ހިޔާ ފްލެޓްގައި ދިރިއުޅޭ ރައްޔިތުންގެ އެނޫން ކަންބޮޑުވުންތަކަށްވެސް ހައްލު ގެނެސް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ.

ހިޔާ ފްލެޓްތަކަކީ، ކުރީ ސަރުކާރުން އިޖުތިމާއީ ބޯހިޔާވަހިކަމަށް އަމާޒުކޮށް ހިންގި އެ ސަރުކާރުގެ އެންމެ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫޢެވެ. އެހެން ނަމަވެސް. އާދަޔާ ޚިލާފަށް ސައިޒުން ކުޑަކޮށް ޑިޒައިންކޮށް، އިމާރާތްކޮށްފައިވާ 7،000 ފްލެޓް ރައީސް ޔާމިންގެ ސަރުކާރު ނިމިގެން ދިޔައިރުވެސް މުޅިން ނިންމާލެވިފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ