ޔުއެފާ ޔޫރޮޕާ ލީގުގަައި ރޭ ނޯވޭގެ ބޯޑޯ/ގިލްމް އަތުން މޮޅުވެ އާސެނަލް ޔޫރޮޕާ ލީގުގެ ދެވަނަ ބުރާ ގާތަށް ޖެހިލައިފިއެވެ.
ބޯޑޯ/ގިލްމްއާ ދެކޮޅަށް އާސެނަލްގެ ސަކާ ފުރަތަމަ ހާފުގެ މެދު ތެރެއިން ޖެހި ގޯލަކީ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑެވެ. އާސެނަލްގެ މިޑްފީލްޑަރު، ސަމްބީ ލޮކޮންގާ އާއި ސަކާ ގުޅިގެން އުފެއްދި އެޓޭކް ހުއްޓުވަން ބޯޑޯ/ގިލްމް ޑިފެންޑަރުން މަސައްކަތް ކުރި ނަމަވެސް ސަކާ ވަނީ ރަނގަޅު ތަނަށް ވަދެ، ގޯލު ޖަހަން ކުރި ހިތްވަރުން އެކަން ކާމިޔާބުކޮށްފަ އެވެ.
މި މޮޅާ އެކު އާސެނަލް އޮތީ ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓާ އެކު ގްރޫޕްގެ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ޕީއެސްވީން ވަނީ ރޭ އެފްސީ ޒިއުރިކް 5-0 އިން ބަލިކޮށްފަ އެވެ. ޕީއެސްވީ އަށް ތިން މެޗުން ލިބުނީ ހަތް ޕޮއިންޓެވެ. ތިން ވަނައިގައި އޮތީ ހަތަރު މެޗުން ހަތަރު ޕޮއިންޓާ އެކު ބޯޑޯ/ގިލްމް އެވެ.
ފުލުގައި އޮތް ޒިއުރިކް ހަތަރު މެޗު ކުޅުނުއިރު، ޕޮއިންޓެއް ނުލިބެ އެވެ.