ބޮލީވުޑްގެ ދެތަރިން ކަމުގައިވާ ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލް އަކީ ވަރަށް ބިޒީ ދެތަރިންނެވެ. ދެމީހުންގެ އަތުގައި ވެސް ގިނަ ޕްރޮޖެކްޓް ތަކެއް އެބަހުއްޓެވެ.
ކެޓްރީނާ މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ފޯން ބޫތު" ގެ ޕްރޮމޯޝަންތަށް ކުރިއަށް ގެންދަމުންނެވެ. "ފޯން ބޫތު" އަކީ ހޮރޯ ކޮމެޑީއެކެވެ. މި ފިލްމްގައި ކެޓްރީނާ އާއި އެކުގައި ފެނިގެންދާނީ އިޝާން ޚައްޓަރު އާއި ސިދާތް ޗަތުރުވެދީއެވެ.
ކެޓްރީނާ އާއި އެކްޓަރު ވިކީ ކޯޝަލް ކައިވެނިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މި ދެތަރިންނަކީ ވެސް ބޮލީވުޑްގައި ވަރަށް ޑިމާންޑް ބޮޑު ދެތަރިންނެވެ.
ކެޓްރީނާ ބުނީ ކައިވެންޏަކީ ކޮންމެ މީހެއްގެ ހަޔާތައް ވެސް ވަރަށް ބޮޑު ބަދަލެއް އަންނަ ކަމެއް ކަމަށެވެ. އެގޮތުން އޭނަ އާއި ވިކީގެ ހަޔާތަށް ވެސް ކައިވެނީގެ ފަހުން ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަށް ވަނީ ބުނެފައެވެ.
"ދެމީހުންވެސް ވަރަށް ބިޒީ. މިހާރު ހީވަނީ ވަރަށް ބިޒީ ދެ އެކްޓަރުން ކައިވެނި ކޮށްގެން އުޅޭހެން. އެފީލް ވަނީ. އެއީ އެންމެންގެ ހަޔާތަށްވެސް އަންނާނެ ބަދަލެއެއް. ދެ އެކްޓަރުން ކައިވެނި ކޮށްގެން އުޅޭއިރު އުޅޭހެން މި އުޅެވެނީ"
– ކެޓްރީނާ
ކެޓްރީނާ ބުނީ މަސައްކަތުގެ ގޮތުން ދެމީހުން ވަރަށްގިނައިން ޝޫޓިން ތަކުގައި ބޭރުގައި އުޅެން ޖެހޭކަމަށެވެ. އަދި ވަރަށް ގިނައިން ދެމީހުން ދަތުރު ކުރަން ޖެހޭތީ ދެމީހުނަށް ވެސް އެކުގައި ހޭދަކުރެވޭ ވަގުތު ވަރަށް މަދުކަމަށެވެ. މިފަދަ ދިރިއުޅުމެއްގައި ހުރިހާވެސް އެއްޗަކީ ދެމީހުންގެ މެދުގައި އޮންނަ އަނޑަސްޓޭންޑީންގ ކަމަށް އޭނާ ވަނީ ބުނެފައިއެވެ.
ވިކީއަށް ވަރަށް ބޮޑަށް ތައުރީފް ކުރަމުން ކެޓްރީނާ ބުނީ އޭނާ އެންމެ އުފާވަނީ ވިކީ ކަހަލަ ބައިވެރިއެއް ލިބުމުން ކަމަށެވެ. އަދި ވިކީ އަކީ ވަރަށް ރަނގަޅު ފިރިއެއް ކަމަށްވެސް ކެޓްރީނާ ވަނީ ބުނެފައެވެ.
ވިކީ މިހާރު އަންނަނީ މެގްނާ ގުލްޒާރުގެ "ސޭމް ބަހާދޫރު" ގެ މަސައްކަތް ކުރަމުންނެވެ. ކެޓްރީނާގެ ކުރިއަށް އޮތް ފިލްްމަކީ "ފޯން ބޫތު" އެވެ. އެ ފިލްމު އަންނަ މަހުގެ 4 ވަނަ ދުވަހުގައި ރިލީޒް ކުރުމަށް ވަނި ތާވަލް ކޮށްފައެވެ.