އަންނަ އަހަރަށް 41.5 ބިލިޔަން ރުފިޔާގެ ބޮޑު ބަޖެޓެއް

އަންނަ އަހަރަށް 41.5 ބިލިޔަން ރުފިޔާގެ ބޮޑު ބަޖެޓެއް

Author
މުޙައްމަދު ޝަޒައިމް
13 އޮކްޓޯބަރ 2022 04:52
0

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓަކީ 41.5 ބިލިޔަން ރުފިޔާގެ ބޮޑު ބަޖެޓެއްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ބަޖެޓް ހުށަހެޅުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް އެމިނިސްޓްރީން ވަމުންދާކަމަށެވެ. އަދި ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ކަމުގައިވާ މިމަހުގެ 31 ގެ ކުރިން ބަޖެޓް މަޖިލީހަށް ފޮނުވާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ނިމެމުންދާއިރު، ބަޖެޓް 41.5 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށެވެ. ނަމަވެސް ޕޮލިސީ ފެންވަރުގައި ކުރެވޭ މަޝްވަރާތަކުން ބަޖެޓް އިތުރަށް ބޮޑުވުން ނުވަތަ ކުޑަވުން އެކަށީގެންވާކަމަށެވެ.

އަންނަ އަހަރަކީ ރިޔާސީ އިންތިޚާބު އޮންނަ އަހަރަށް ވުމާއިއެކު ސަރުކާރުން ހިންގާ ގިނަ މަޝްރޫޢުތައް އަންނަ އަހަރުގެ ބެޖެޓްގެ ތެރޭގައި ހިމަނައި ނިންމުމަކީ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރާކަމެވެ. ބަޖެޓްގެ މަސައްކަތް ކުރަމުންދާއިރު، މަޖިލީހަށް ބަޖެޓް ހުށަހެޅުމަށްފަހު ބަޖެޓް ކޮމެޓީގައި މެމްބަރުން ބަޖެޓުގައި ހިމަނަން ބޭނުންވާ މަޝްރޫޢުތައް ހިމަނައި، ގެންނަން ޖެހޭ ބަދަލުތަކާއި ބަޖެޓް ފާސްކުރާނީ މިފެށޭ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ 37 ބިލިޔަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގަމާރު
ތަނެއްދޮރެއްނުފިލާާ މީސްމީހުންނައްް ބޮޑަތިި މަގާމުތައްދޭތީީ ގައުމުއޮޔާދަނީީ ތައުލީމާތަޖުރިބާާ އަދިި ތެދުވެރިއިޚްލާސްތެރިންް އައްޔަންކުރަންފެނޭޭ ނޫނީީ ދަރިންގެދަރިންނޭޭ ކާފަދަރިންނޭޭ މާމަދަރިންނޭޭ ކިޔުންހުއްޓޭނެެ ދެންކިޔަންޖެހޭނީީ އަވައްޓަރިދަރިންނޭޭ