މާލޭ އެއްގަމު ތޮއްޓާއި، ފެންހިންދާ ނިޒާމް އަޕްގްރޭޑް ކުރުމަށް ސާރވޭއެއް

މާލޭ އެއްގަމު ތޮއްޓާއި، ފެންހިންދާ ނިޒާމް އަޕްގްރޭޑް ކުރުމަށް ސާރވޭއެއް

Author
މުޙައްމަދު ޖިމީ
13 އޮކްޓޯބަރ 2022 01:26
0

މާލޭ އެއްގަމު ތޮށި އަޕްގްރޭޑް ކުރުމާއި މާލޭގެ ފެން ހިންދާ ނިޒާމް އަޕްގްރޭޑް ކުރުމާ ގުޅޭ ސަރވޭތައް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.  މިއީ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ)ގެ ހިލޭ އެހީގެ ދަށުން ހިންގަ މަޝްރޫޢުއެކެވެ. މިކަމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީއާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އާ ދެމެދު މިއަދު ވަނީ ސޮއިކޮށްފައެވެ.

މާލޭ އެއްގަމު ތޮށި އަޕްގްރޭޑް ކުރުމާއި މާލޭގެ ފެން ހިންދާ ނިޒާމް އަޕްގްރޭޑް ކުރުމާ ގުޅޭ ސަރވޭތައް ކުރުމަށް ޖަޕާނާއެއްކު ސޮއިކޮށްފައި ވާއިރު، މާލެ ވަށައި ހިމާޔަތްކުރުމަށް ލާފައިވާ ތޮއްޓަކީވެސް ޖަޕާނުގެ އެހީގައި ޤާއިމްކޮށްފައިވާ ތޮއްޓެކެވެ. އެއީ ވަރަށް ބޮޑެތި ދިރާސާތަކަށްފަހު މާލެއަށް ޚާއްޞަ ސިފަތަކެއް ގެނެސް ހިންގާފައިވާ މަޝްރޫޢުއެކެވެ.

މާލޭގައި ފެންބޮޑުވާ މައްސަލައަކީ ފަހަކަށް އައިސް ބޮޑުވެފައިވާ މައްސަލައެކެވެ. ފެންހިންދާ ނިޒާމަށް ދިމާވެފައިވާ މައްސަލައާއި ގުޅިގެން އެކަމުގެ ތަކުލީފު ރައްޔިތުން އުފުލަންޖެހޭތީ ޝަކުވާ ވަނީބޮޑުވެފައެވެ.

ނަމަވެސް މިސާރވޭއާއެކު މި މައްސަލައަށް ހައްލު ގެނެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.