ރަންދީޕް ގެ ބައޯޕިކް އަށް އަންކިތާ

ރަންދީޕް ގެ ބައޯޕިކް އަށް އަންކިތާ

Author
ފާތިމަތު ނާވީ
12 އޮކްޓޯބަރ 2022 07:57
0

އެކްޓަރު ރަންދީޕް ހޫޑާ ޑައިރެކްޓްކޮށް، ކުޅޭ ބައޮގްރަފިކަލް ޑްރާމާ "ސްވަތަންތުރާ ވީރު ސަވަރުކާރު" ގެ ރޯލަށްކަށް އަންކިތާ ލޯކަންޑޭ ސޮއިކޮށްފި އެވެ.

"ސްވަތަންތުރާ ވީރު ސަވަރުކާރު" އަކީ އިންޑިއާގެ މިނިވަންކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރެއްވި، އިންޑިއާގެ ކުރީގެ ސިޔާސީ ޝަހުސިއްޔަތެއް ކަމަށްވާ އަދި ލިޔުންތެރިޔާ ވިނާޔަކް ދަމޯދާރު ސަވަރްކަރް އަށް ބިނާކޮށް ހަދާ އެއްޗެކެވެ.

މި ފިލްމަކީ އާނަންދު ޕަންޑިތު މޯޝަން ޕިކްޗާސް އާއި ލެޖެންޑް ސްޓޫޑިއޯ ގުޅިގެން އުފައްދާ ފިލްމެކެވެ. މި ފިލްމު ސިނަމާތަކަށް އަންނާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޓީވީ ސިލްސިލާ "ޕަވިތުރަ ރިޝްތާ" އިން މަޝްހޫރުވި ބަތަލާ ބުނި ގޮތުގައި ރަންދީޕްގެ ފިލްމު ލީޑް ބަތަލާގެ ރޯލު ލިބުމަކީ ވަރަށް ބޮޑު އުފަލެކެވެ. އަދި އެއަށް ވުރެ ބޮޑަށް އުފާވީ ޗެލެންޖިން ރޯލެއް ކުޅެން ލިބުނުތީ ކަމަށ އޭނާ ވަނީ ބުނެފައިއެވެ.

37 އަހަރުގެ ބަތަލާ ބޮލީވުޑްއަށް ތައާރަފް ވީ 2019 ގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އިން ބަތަލާ ކަންގަނާ ރަނާވަތް އާއި އެކުގައިއެވެ. މިހާތަނަށް އޭނާ މުޅިންވެސް ފިލްމްތަކުން ފެނިގެން ގޮސްފައިވަނި ސަޕޯޓިން ރޯލުތަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.