ސަރުކާރުން ޝަރީއަތަށް ނުފޫޒު ފޯރުވާނަމަ ޔާމީން ހުންނާނީ މިހާރު ޖަލުގައި: ޒަރީރު

ސަރުކާރުން ޝަރީއަތަށް ނުފޫޒު ފޯރުވާނަމަ ޔާމީން ހުންނާނީ މިހާރު ޖަލުގައި: ޒަރީރު

Author
މުޙައްމަދު ޝަޒައިމް
11 އޮކްޓޯބަރ 2022 12:17
0

ސަރުކާރުގެ ނުފޫޒު ފަނޑިޔާރުގެއަށް އޮތްނަމަ ކުރީގެ ރައީސް ޔާމީން ހުންނާނީ ޖަލުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރުންނަށް ދޭ ލިވިން އެލަވަންސް ބޮޑުކޮށް، އެމީހުންނަށް ފުލެޓަށް ކުރިމަތިލެވޭ ގޮތަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންނާއި ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަސް ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ މާޒީގައި ފަނޑިޔާރުންނަށާއި، ފަނޑިޔާރުގެތަކަށް ބިރުދައްކައި ނުފޫޒު ފޯރުވިނަމަވެސް މިސަރުކާރުން އެފަދަ އެއްވެސް ނުފޫޒެއް ޝަރުއީ ދާއިރާއަށް ނެތްކަމަށެވެ.

ނިމިދިޔަ ސަރުކާރުތަކުން ޝަރުއީ ދާއިރާގައި ހިނގަމުންދާ މައްސަލަތަކަށްވަދެ ވަކި ގޮތަކަށް ހުކުމްތައް ކުރުވަން މަޖުބޫރުކޮށް ހަވާ ފަޓާސްބަރިއެއްހެން ހުކުމްތައް ޖެހި މަންޒަރު ފެނިގެން ގޮސްފައިވާކަމަށް ޒަރީރު ވިދާޅުވިއެވެ.

ސަރުކާރުން ޔާމީންގެ ޝަރީއަތަށް ނުފޫޒު ނުފޯރުވޭނަމަ ޔާމީން މިހާރު ހުންނާނީ ޖަލުގަ. އަވަސް އަރުވާލައިގެން ޤާނޫނަކަސް ގަވައިދަކަށް ބެލުމެއްނެތި ސިޔާސީ ހުކުމް ކުރިތަން އަޅުގަނޑުމެންނަށް ފެނިގެން ދިޔަ، ނިމިދިޔަ 7 އަހަރުގެ ތެރޭގައި. ފަޓާސް ބަރިއެއްހެން 12 އަހަރަށް ހުކުމް ޖަހާލީ 12 ދުވަސް ތެރޭގައި. އެކަމު އެގޮތަކަށް ނޫން މިއަދު ޝަރީއަތް ކުރެވެން ދަނީކީ.

– މެމްބަރު ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ މިއަދު ޝަރުއީ ނިޒާމަށް ގެނެވޭ ބަދަލާއިކު، ގޯސްތައް ހަދާ ފަނޑިޔާރުންނާއިމެދު ފިޔަވަޅު އެޅޭނެ ނިޒާމެއްވެސް އޮންނަންޖެހޭކަމަށެވެ. ހަމައެކަނި އިނާޔަތްތައް ބޮޑުކުރުމަކުން މިކަމަށް އެދެވޭ ހައްލެއް ނާންނާނެކަމަށް އެނާ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން މިއަދު މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ މެންބަރު ހުސެއިން ގާސިމެވެ. މި ބިލުގައި ވަނީ ފަނޑިޔާރުންނަށް ދޭ އެލަވަންސްތަކުގެ ތެރެއިން ލިވިންގ އެލަވަންސްގެ މިންވަރަކީ ފަނޑިޔާރުންގެ އަސާސީ މުސާރައިގެ %35 އަށް ވުރެ މަދުނުވާނެ އަދަދެއް ކަމުގައި ގާނޫނުގައި ކަނޑައެޅުމަށް ނިންމާފައެވެ.

އަދި، ދިރިއުޅޭނެ އަމިއްލަތަނެއް ނެތް ފަނޑިޔާރުންނަށް އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ފަނޑިޔާރުންނަށް ކުރިމަތިލެވޭނެ އިންތިޒާމެއް ހަމަޖައްސައި ގާނޫނުގައި ކަނޑައެޅުމަށް ވެސް މި ބިލުގައި ވަނީ ހިމަނާފައެވެ. ހަމައެހެންމެ، އަމިއްލައަށް ފަނޑިޔާރުކަމުން ރިޓަޔާ ކުރެވޭނެ އުމުރަކީ 65 އަހަރު ކަމަށް ވެސް ބިލުގައި ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޥ ޥ
ކިތައްމެވަރަކަޒްވެސް ބާރުފޯރުވަ ނުފޯރުވާނަމަ ޔާމީނުހުންނާނީ މިނިވަންކަށްމަތީ