ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ތަރައްޤީ ކުރި އާރަންވޭގެ މަައްކަތުގެ އާރުކާޓީއަކީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ކަމަށާއި، މިމަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ކުރެވުނު ހުރިހާ މަަސައްކަތެއް ކުރިއިރު ރައީސް ޔާމީން އިންނެވީ ތާސްކުޅެން ކަމަށް މޯލްޑިވިސް ތަރޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ބުނެފިއެވެ.
އެމްޓީޑީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ނުވަތަ "ދިވެހީންގެ އެއަރޕޯޓް" އަނބުރާ ހޯދީ 2012 ގައި ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައިކަމަށެވެ. އެދުވަސްވަރު، އެމްޓީޑީގެ ރައީސް އަދި ދިވެހި ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޓުއަރިޒަމް މިނިސްޓަރު ކަމުގައި ހުންނަވައި، އެމްއޭސީއެލްގެ އިސްވެރިންނާއެކު މަޝްވަރާކުރައްވަވައި ވާދަވެރި ޒަމާނާއެއްހަމައެއްގައި އެއަރޕޯޓް ތަރައްޤީ ކުރުމުގެ ޕްލޭން އެކުލަވާލައި، ސްކޮޓްވިލްސަން މާސްޓަރ ޕްލޭނެއްގެ ދަށުން ދެވަނަ ރަންވޭ އެޅުމަށް ނިންމީ ރައީސް ޑރ. ވަހީދުގެ ވެރިކަމުގައި ސީދާ އަޙްމަދު އަދީބުގެ މޭސްތިރިކަމުގެ ދަށުން ކަމަށެވެ.
2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ސްކޮޓްވިލްސަން މާސްޓަރޕްލޭން އަށް އިންފްރާޓާ ގެ ކޮންސަލްޓަންސީގެ ދަށުން ބަދަލުތައް ގެނެސް އިތުރު ފުރިހަމަކަން ގެނައުމަށާއި ކޮންސަލްޓަންސީ ހޯދުމުގެ ގޮތުން އަޙްމަދު އަދީބުގެ މޭސްތިރިކަމުގެ ދަށުގައި ސިންގަޕޫރުގެ ޗަންގީ އެއަރޕޯޓްސް ރާއްޖެއަށް އައުމަށް ދަޢުވަތު ދެވުނު ކަމަށާއި، އަދި މި ދަޢުވަތާ އެއްގޮތަށް ސިންގަޕޫރުގެ ޗަންގީ އެއަރޕޯޓްސް ރާއްޖެއައިސް އެމްއޭސީއެލް އާއި އެކީގައި މަސައްކަތްކޮށް މާސްޓަރޕްލޭން ވަނީ ފުރިހަމަކުރެވިފައިކަމަށެވެ.
ޗައިނާގެ ބީޔޫސީޖީއަށް ދަޢުވަތު ދީގެން ރާއްޖެ ގެނައުމާއި، އެއަރޕޯޓްގެ ދެވަނަ ރަންވޭއާއި، ފިއުލްފާރމާއި، އެއަރކާގޯ ޓާރމިނަލް އާއި ސީޕްލޭން ޓާރމިނަލްވެސް ފަހުން އެފަރާތާ ހަވާލުކޮށް ޗައިނާގެ އެގްޒިމްބޭންކް އިން ފެސިލިޓީ ހޯދައި، ދިވެހި ގައުމުގެ މުސްތަޤުބަލުގެ ޙައްޤުގައި ކުރެއްވި ޤައުމީ ބަޠަލަކީ އަދި އާރުކާޓީއަކީ އެމްޓީޑީގެ ރައީސް އަޙްމަދު އަދީބު. އެދުވަސްވަރު ރައީސް ޔާމީން ގިނަގިނައިން އުޅުއްވީ ސިންގައްޕޫރުގައި އެސްޓީޑީ އަށް ފަރުވާ ކުރުމަށާ އާރަށުގައި ތާސްކުޅުއްވުމުގައާއި، ކަރުތާފެނަށް މޫދަށްއެރި އެކި ކުޅިވަރުކުޅުއްވަން.
– އެމްޓީޑީގެ ބަޔާނުގައި ވެއެވެ.
އެމްޓީޑީން ބުނެފައިވަނީ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބްލް ލީޑަރު ގާސިމް އިބްރާހިމާއި، އަދާލަތު ޕާޓީ ރައީސް ފަޟީލަތުއްޝައިޚް ޢިމްރާނާއި، މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމްފަދަ ބޭފުޅުން ޖީއެމްއާރު އަތުން އެއަރޕޯޓް ހޯދަން ކުރި މަސައްކަތާ ގާތައްވެސް ރައީސް ޔާމީނަށް މަސައްކަތެއް ނުކުރެވޭކަމަށެވެ. އެބޭފުޅުން ކުރި މަސައްކަތަށް ޝުކުރު ހައްގު ކަމަށާއި، އަދި ރައީސް ޔާމީނު އެދުވަސްވަރު ވަރަށް ސިއްރުން ޖީއެމްއާރު ބޭފުޅުންނާ ސިންގައްޕޫރުން ކެމްޕޭނަށް ފައިސާ ހޯދަން ބައްދަލު ކުރިކަން ކުރީގެ މަޖްލިސް ނައިބު ރައީސް ނާޒިމް ހެކިވާނެކަމަށް ވަނީ ބުނެފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކޯޑްއެފް ރަންވޭއާއި ސީޕްލޭން ޓަރމިނަލް ހުޅުވައި އެތަންތާގެ ޚިދުމަތްތައް ވަރަށް ފުރިހަމައަށް ދަނީ ދެވެމުން ކަމަށާއި، މިހުރިހާކަމެއް، މިހާފުރިހަމަކޮށް، ކުރިއަށް މިދަނީ އޭރުވެސް، މިހާރުވެސް އެމްއޭސީއެލް ގެ ޗެއަރމަން މުޙައްމަދު ޢުމަރު މަނިކު (އެމްޔޫ މަނިކު) ގެ ދޫނުދެއްވައި ހިންގުންތެރި ސިޔާސަތުގެ ސަބަބުން ކަމަށް ވަނީ ބުނެފައެވެ.
އެމްޓީޑީއާއި އެމްޓީޑީގެ ރައީސް އަދި ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ އުންމީދަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިންޓަރނޭޝަނަލް ޓަރމިނަލް ހުޅުވާ ދިވެހި ރައްޖެއަކީ މިސަރަހައްދުގެ އޭވިއޭޝަން ހަބަކަށް ވާތަން ދުށުންކަމަށް މިބަޔާނުގައި ވަނީ ބުނެފައެވެ.
6 Responses
އަދީބަކީ އާރަންވޭގެ މޭސްތިރިޔެއްނޫން އަދީބަކީ އެމްއެމް ޕީއާރުސީގެ ބޮޑުވައްކަމުގެ މުލުވަގު ގައުމު ދުއް އެއްމެބޮޑުވަގު ލުއްޗާ ހަރާމީ ގައުމުދަވާލައިގެން ވަގު އަދި އެއޮތީ ވަރައް އުފަލުގައި ކަމައް ހީނުކުރާތި ބޮޑުވަގު
އަދީބަކީީ އެމްއެމްޕީއާރުސީގެެ ބޮޑުު ޚިޔާނާތުގެެ ކުރިންް ދިވެހިންދަންނަމީހެއްނޫންް އަދިި ވަރައްް އާދައިގެެ ދިރިއުޅުމެއްއުޅުނުު ވަރައްް އާދައިގެެ މަސައްކަތްކުރިމީހެއްް ދެންކިހިނެއްތޯޯ މޭސްތިރިއަކައްވާނީީ އަދީބަކީީ ބޮޑުއިސްތިރިއެކޭބުނިއްޔާމާާ މާރީތިވާނެތޯއްޗެެ
އެދުވަސް އަދީބަކީ މިގައުމުގެ ރައީަް ރޔާމީން އުޅުއްވީ ދުނިޔޭން ބޭރުގާ، އެހެން ވެ އަދީބު އެހާގިނަ ވައްކަންތައްކުރީވެސް، ހުންނަ މުޑުދާރުކަން ދެކިބަލަ،! މިގައުގަ މީހުން ތިބީ ދެލޯބާޅިވެފާތަ؟ ފާޑު ފާޑުގެ ފޮނި މިކަނޑަނީ، ނައިބުރައީސްކަން ހަވާލު ކުރީމާ ބެލީ ރޔާމީން މަރާލެވޭތޯ، ޓުއަރިޒަމް މިނިސޓަރު ކަމުގާ ހުރެގެން ކުރިކަމަކީ އެމްއެމްޕީއާރުސީގެ ފައިސާގަނދު ވަގަށް ނަގާ މިކަލޭގެއަށް ފައިދާވާގޮތަށް އެތަން ހުސްކޮށްލާ މުޅި ގައުމު ދޮވެލެވޭތޯ، އަދީބުވަރުގެ މުޑުދާރު އަޚުލާގީފެންވަރުދަށް ގޮތެއްފޮތެއްނެތް ތިމާއަށް ހަވާލުވެފާހުރި އަމާނާތްތަކަށް ޚިޔާނަޓްތެރިވި ގައްދާރެއް ދުވަހަކުވެސް ވުޖޫދުނުވެ، އިތުބާރުގެއްލިފާހުރި ބޭވަފާތެރިއެއް އަދީބަކީ، އެއާރޕޯޓެއްވެސް ނޫން އަދީބަށް އެޅުނީކީ ރައިއްޔަތުންނަށް ހަރާމްކޯރުވީީ
އަދީބެއްނޫތަ ދަރުމަވަންތަހޮސްޕިތާ ހެދީކީ އަދީބެއްނޫންބާ އަނެއްކާ ބުރިޖުއެޅިކީ އަދީބެއްނޫންބާ އަނެއްކާ ދެވަނަ ފޔަވަހީގާ ފުލެޓުތައް އެޅީ، އަދީބެއްނޫންބާ އިސްލާމީމަރުކަޒު އެޅީ؟؟ ދެން ނެއްތަ އަދީބު ކޮށްފާވާ ކަމެއް އަނެއްކާ.
އަޅުގަންޑުހަމަހައެރާންވެއްޖެއަޅުގަނޑެހިތައްއަރާއެއްޗަކީ)އެމްޓީޑީއިސްބޭފުޅުއްތިއަތިބީހަމަބުއްދިފިލާފަކަންހަމަޔަގީމިހެއްމިބުނައްޖެހެނީނާބުރައީސަކައްހުރިއަދީބު.އާރަތްވޭއެޅުމައްކުރިމަސެއްކަތެއްނޯނާނެ).އަދީބުކުރެއްވިމަސެއްކަތަކީޔާމީނުމަރާލައްދެއްކުރެއްވިމަސެއްކަތަކީގައުމުގަހުރިނަމަ))ހުރިހާޑޮލަރުތަކާހުރުތަކާސަރުކާރުތިޖޫރީގަހުރިނަމަހުރިފާސާތައްއަމިއްލަޖީބައްއަޅާފުރާލާފަދެއް)ހބާކީހުރިނަމަހުރިޑޮލަރާއިފާސާތައްރީތިއަށްހެއްކުދިއްނައްބަހާލާފައަދީބުގެއެކުވެރިއްނަބަހާހެދީ)އައްނިބުނާފަދާންއަޅުގަޑުގެނަޒަރުގާ)އެމްޓީޑީއަށްވެސްއަދީބު200.ބިލިޔައްޑޮލަރުދެއްވީމަތޯ))).އަދީބުއާރަތްވޭއެޅުމުގެ)އާރުކާޓީއެކޭކިޔާގެއްތިއަޓުއިޓުތަކާނޫސްބަޔާންތައްތިއަނެރުއްވަނީތިއަބޭފުޅުއްގެލަދުހަޔާތުގެއެއްވެސްތަދޯ
ޯ
އެމްޓީޑީއަށް(ކުރީގެނާބުރައިސްއަދީބު300.ބިލިޔައްޑޮލަރުދެއްވުމާގުޅިގެއް(އަދީބުއާރަތްވޭއެޅިކަމައްތިއަނޫސްބަޔާންތިއަނެރުއްވަނީ(ބަލަގަތިއަބޭފުޅުއްގަމާރުވެގެއްއަދީބަޢްކިތެއްމެތައުރީފުކޮއް….މަދަހަސަނާކީނަމަވެސް(ދިވެހިރާތްޖޭގެ(ހަމަބުއްދިހުރިރަތްޔިތުއްނެއްގަލެއްނުކުރާނެ(އަޅުގަންޑުއަޑުއަހައް!ފަސްމާމުލިއްގެފަސްވަގުގެވާހަކަ؟އޭގެތެރެއިންއެއްމެއިސްކޮއްހުރިމީހަކީއަދީބު(ބުނައްރަގަޅުވާހަކައެޢްތިބޭފުޅުއްކިތެއްމެނުރުހުއްވިޔަސް(ރައިސްޔާމީނަކީ.މުހަމްމަދުތަކުރުފާނުފަދަދެވަނަތަކުރުފާނު…..މިފަހަރުވެސްލިލާތުކުރަތް..ހިތްވަރުދޭސަރުކާރައްވެރިކަމަޣްއާދެވުނީވޯޓުތައްވަގައްނަގާގެއް(ދެއްލަލާ