އާލިއާ މަސައްކަތަށް ފޮނުވާފައި ދަރިބަލަ ގޭގައި އިންނާނީ ރަންބީރު!

އާލިއާ މަސައްކަތަށް ފޮނުވާފައި ދަރިބަލަ ގޭގައި އިންނާނީ ރަންބީރު!

Author
ފާތިމަތު ނާވީ
13 އޮކްޓޯބަރ 2022 06:52
0

މިއަހަރުގެ އޭޕްރިލް މަހު ކައިވެނި ކުރި ބޮލީވުޑްގެ ދެތަރިން ކަމުގައިވާ އާލިއާ ބަޓާއި ރަންބީރު ކަޕޫރަށް ވަރަށް އަވަހަށް ދަރިއަކު ލިބޭނެއެވެ.

ކައިވެންޏަށް ދެމަަސް ނުވަނީސް ބަނޑުބޮޑުކަން އާލިއާ އިއުލާން ކުރި ފަހުން އެމީހުންގެ ކޮންމެ ހަރަކާތަކަށް ނޫސްވެރިން އަންނަނީ ފާރަލަމުންނެވެ. ދެތަރިންނަކީވެސް ވަރަށް ބިޒީ ދެތަރިންނެވެ.

މި ދެތަރިންގެ ބިޒީ ކަމުން ކައިވެންޏަށްފަހު ހަނީމޫނަށް ދާނެ ވަގުތު ކޮޅެއްވެސް ނުލިބި އުޅެނިކޮށް އާލިއާ ވަނީބަނޑުބޮޑު ކަން އިއުލާން ކޮށްފައެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

އާލިއާ ވަރަށް އަވަހަށް ވިހާނެ ކަމަށް ޚަބަރުތައް ބުނެއެވެ. އަދި ދާދިފަހުން އެމީހުން އެކުގައި ކުޅުނު ފިލްމު "ބްރައްމަސްތްރާ" ގެ ޕްރޮމޯޝަން ތަކުގައި ދެމީހުންވެސް ވަނީ އެމީހުންގެ ދިރިއުޅުމުގެ ގިނަ ކަންތައްތަކެއް ނޫސްވެރިންނާއި ހިސްސާ ކޮށްފައެވެ.

އެގޮތުން އާލިއާ ބުނި ގޮތުގައި ވިހެއުމަށްފަހު ވީ އެންމެ އަވަހަކަށް މަސައްކަތަށް ނުކުރުމަށް ރަންބީރު އޭނާއަށް އަންގާފައިވާ ކަމަށެވެ. އެހެންވެ ވިހައިގެން ވީއެންމެ އަވަހަކަށް މަަސައްކަތަށް ނިކުންނާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

ވިހެއުމަށްފަހު ދަރިފުޅު ބެލުމަށް ރަންބީރު 6 މަސްދުވަހުގެ ބްރޭކެއް ނަގާނެ ކަމަށާއި އެހެންކަމުން 6 މަސްވަންދެއް ދަރިފުޅު ބެލުމަށް ގޭގައި ރަންބީރު މަޑު ކުރާނެ ކަމަށް އާލިއާ ވަނި ބުނެފައެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

ލޯބީގެ ގޮތުން ގުޅިގެން 5 އަހަރެއްހާ ދުވަސް ވަންދެން އުޅުމަށް ފަހު އާލިއާ އާއި ރަންބީރު ކައިވެނި ކުރީ މިއަހަރު އެޕްރިލް މަހުގެ 14 ވަނަ ދުވަހު، އިންޑިއާގެ އާދަކާދައާ އެއްގޮތަށް ވަރަށް ކުލަގަދަ ކޮންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.