އިންޑިއާގެ ޖީއެމްއާރު އަތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އަތުލުމަށްޓަކައި އޭރުގެ ސަރުކާރާއި، އޭރުގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ކުރެއްވި މަަސައްކަތުގެ ހަގީގަތް އޮޅުވާ ނުލެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އެޑްވައިޒަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެއެވެ.
އިލްހާމް މިހެން ވިދާޅުވީ އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގުން އަތުލުމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވެސް ބޭނުން ނުވި ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ރޭ ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ.
އިލްހާމް ވިދާޅުވީ ބައެއް ނޫސްތަކުގައި ހެޑްލައިން ހަދާފައިވަނީވެސް ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތަކަށް ނޫންކަމަށެވެ. އަދި ޤާސިމް އިބްރާހިމްއާއި ގުޅޭގޮތުން ޔާމީން ހެއްދެވީވެސް އިތުރުފުޅެއްކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ޖީއެމްއާރު އެއްބަސްވުން ބާތިލް ކުރުމަށް އޭރު ކުރި މަަސައްކަތްތަކުގެ ހަގީގަތް އޮޅުވާލުމަށް އުޅުނަސް އެކަން ނުވާނެކަމަށް އިލްހާމް ވިދާޅުވިއެވެ.
ނޫހުގެ ހެޑްލައިންގަ އޮތް އިބާރާތެއް ރައީސް ޔާމީން ވިދާޅެއްނުވޭ. އޮނަރަބުލް ޤާސިމް އިބްރާހިމް އާއިބެހޭގޮތުން ރައީސް ޔާމީން ހެއްދެވީ އިތުރުފުޅެއް. ޖީއެމްއާރުގެ މައްސަލައިގަ ކަންހިގާދިޔަގޮތް އޮޅުވާނުލައްވާ. އެއިރު ޕީޕީއެމްގެ ރައީސަކީ މައުމޫން އަބްދުލް ޤައްޔޫމް ނޫންތޯ. އިލްހާމް ވިދާޅުވިއެވެ.
މިހާރުގެ އިދިކޮޅު ލީޑަރު ޔާމީން ވިދާޅުވި ގޮތުގައި، ޖީއެމްއާރާ އެކު ހެދި އެއްބަސްވުން ބާތިލުކުރަން އޭރުގެ ސިޔާސީ ލީޑަރުން ދެކޮޅު ހެދީ ނަޝީދުގެ ވެރިކަން ނިމުމަށް ފަހު، ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައެވެ. އެ އެއްބަސްވުން ބާތިލުކުރުމާ ގުޅޭ ގޮތުން ވަހީދުގެ ވެރިކަމުގައި ސިޔާސީ ލީޑަރުންނާ އެކު މަޝްވަރާކުރަން ސަރުކާރުން ބޭއްވި ބައްދަލުވުމެއްގައި އެ ބޭފުޅުން އެކަމާ ދެކޮޅު ހެއްދެވި ކަމަށް ޔާމީން ވިދާޅުވިއެވެ.
ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަށް މަގުތަކާއި ކަނޑުމަތީގައި މުޒާހަރާ ކުރުމުގައި އޭރުގެ އިދިކޮޅު ލީޑަރުން ބައިވެރިވިނަމަވެސް އެއާޕޯޓް އަތުލުމަށް ރަސްމީ މަސައްކަތުގައި އެއްވެސް އެއްބާރުލުމެއް އެބޭފުޅުން ދެއްވާފައި ނުވާކަމަށް ޔާމީން ވަނީ ރޭ ވިދާޅުވެފައެވެ.
One Response
ވަޓް އިޒްދިސް.ރިއަލިޓީ.ކީކޭ މިކިޔަނީ.