އއ.މާޅޮހުގެ ދެކުނުން ބަނޑުން ޖަހާލާފާއި އޮތް ލޯންޗުގައި ދަތުރުކުރި ދެމީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ އިއްޔެ 13:00 ހާއިރު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗެއްގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ. ލޯންޗުފުރީ މާލެ، ކުރީގެ ކުނިކޮއްޓާ ދިމާއިން ކަމާއި އެ ލޯންޗުން ދަތުރުކުރީ ދިވެހި ދެ ފިރިހެނުންކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.
އެ ލޯންޗު ބަންޑުންޖަހާލާފައި އޮއްވައި އއ. މާޅޮސް ކައިރިން މިއަދުވަނީ ފެނިފައި ވާކަމަށާއި، އަދި އެތަނުން އެކަކު ފެރިދޫ ފުއްޓަރާ ދިމާއިންވަނީ ފެނިފައިކަމަށެވެ. ފެރިދޫ ސިއްހީ މަރުކަޒުގައި އެ މީހާއަށް ދަނީ ފަރުވާދެމުން ކަމަށާއި، ދެ ވަނަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
މީހާ ފެނިއްޖެ ނަމަ ނުވަތަ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމާ 119 ނުވަތަ 3322111 އަށް ހިއްސާކޮށްދެއްވުމަށް ވަނީ ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ