އާސެނަލް އެއްވަނައިގައި ހަމަޖެހިލައިފި

އާސެނަލް އެއްވަނައިގައި ހަމަޖެހިލައިފި

Author
މުޙައްމަދު ޝަޒައިމް
07 އޮކްޓޯބަރ 2022 01:52
0

ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް އޭގައި ބޯޑޯ ގްލިމްޓާ ދެކޮޅަށް ކުޅުނު މެޗު އާސެނަލުން ކާމިޔާބުކޮށްފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ އާސެނަލުން ލީޑުނެގީ 23 ވަނަ މިނިޓްގައި އެޑީ އެންކެޓިއޭ ޖެހި ގޯލުންނެވެ. މިއީ ކިއެރަން ޓިއާނީ ޖެހި ޝޮޓެއް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު އެންކެޓިއޭ ޖެހި ގޯލެކެވެ. އޭގެ ހަތަރު މިނިޓް ފަހުން ފަބިއޯ ވިއޭރާ ނެގި ހުރަހަކުން ރޮބް ހޯލްޑިން ބޮލުން ގޯލެއް ޖަަހައި އާސެނަލްގެ ލީޑުފުޅާކޮށްދިނެވެ.

ބަދަލަކަށް ކުޅެން އެރި ގަބްރިއެލް ޖީސޫސް ދިން ބޯޅަ އަކުން އާސެނަލްގެ ތިން ވަނަ ގޯލު ޖެހީ ވިއޭރާއެވެ. މިމެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެން ގޮސްފައިވެއެވެ.

މިކާމިޔާބީއާއެކު އާސެނަލް މިހާރު އުޅެނީ ކުޅުނު ދެމެޗްވެސް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނައިގައެވެ. އަދި ތިން މެޗް ކުޅެފައިވާ ބޯޑޯ ގްލިމްޓްއަށް ހަތަރު ޕޮއިންޓާއެކު އުޅެނީ ތިންވަނައިގައެވެ. މިގްރޫޕްގައި ޕީއެސްވީ އެއިންދްހޯވެން އާއި ޒިއުރިކް ބައްދަލުކުރިމެޗް ފަސްލަނޑު އެއްލަނޑުން ކާމިޔާބު ކުރީ ޕީއެސްވީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.