އިންޑިއާގެ ޖީއެމްއާރު އަތުން ވެލާނާ އެއަރޕޯޓު އަތުލުމަށް ކުރެވުނު ޤައުމީ މަސައްކަތުގައި އެއާޕޯޓް ޖީއެމްއާރު އަތުން އަތުލުމަށް ކުރެވުނު އެންމެ ފަހުގެ މަޝްވަރާތަކުގައި އެކަމާއި ދެކޮޅު ހެއްދެވި ސިޔާސީ ލީޑަރުންގެ ނަންތައް އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ހާމަ ކުރައްވައިފިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖީމްއެއާރުއާއެކު ވެފައިވާ އެއްބަސްވުން އުވާލީ ކުރީގެ ރައީސް ޑރ.ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރުއެވެ. އެކަމުގެ ސަބަބުން ރާއްޖެއިން ބަދަލުގެ ގޮތުގައި ޖީމްއެއާރަށް 270 މިލިއަން ޑޮލަރު ދައްކަންޖެހުނެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ޕީޕީއެމް އޮފީހުގަިއ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިންޑިއާގެ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަށް ކުރެވުނު މަސައްކަތުގައި އޭރުގެ ސިޔާސީ ލީޑަރުން މަގުތަކާއި ކަނޑުމަތީގައިވެސް ގިނަ މުޒާހަރާތަކެއްކޮށް ޖަލަށްވެސް ދާންޖެހުނު ކަމަށެވެ. އެމަސައްކަތް ހުއްޓުވުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަރުމުދާ ވިއްކުމާއި ދެކޮޅަށް މަޖިލީހުން ޤާނޫނެއް ފާސް ކުރި ނަމަވެސް އެޤާނޫނު ތަސްދީގު ނުކޮށް ބާއްވައި އޭރުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖިއެމްއާރާއިއެކު އެއާޕޯޓް އެއްބަސްވުމުގައި ސޮއިކޮށްފައިކަމަށެވެ.
އެއާޕޯޓް އެއްބަސްވުމަށްފަހު ނަޝީދުގެ ވެރިކަން ބަދަލުވެ އެއްބަސްވުން ބާތިލްކުރަން މަޝްވަރާ ފެށުމާއިއެކު އެކަމާއި އެންމެ ބޮޑަށް ދެކޮޅު ހެއްދެވީ އޭރުގެ ސިޔާސީ ލީޑަރުންގެ ތެރެއިން ޖީއެމްއާރު އަތުން އެއާޕޯޓް އަލުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެގޮތުން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ޝައިޚު އިމްރާނާއި، ޤާސިމް އިބްރާހިމްއާއި، ތަމްސީން އަލީގެ އިތުރުން ކާނަލް ނާޒިމްވެސް ވަނީ އެއްބަސްވުން ބާތިލް ކުރުމަށް ދެކޮޅު ހައްދަވާފައިކަމަށް ޔާމީން ވިދާޅުވިއެވެ.
އެއްބަސްވުން ބާތިލް ކުރުމަށް ކުރިންވެސް ވަކާލާތު ކުރެއްވި ގޮތަށް ތިއްބެވި ބޭފުޅުންނަަކީ ހަސަން ސައީދާއި ރައީސް ޔާމީން އެކަނިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ ނަޝީދުގެ ވެރިކަމަށްފަހު ޑރ.ވަހީދުގެ ސަރުކާރުގައިވެސް ޕީޕީއެމްގެ ފަރާތުން ދެ ފަހަރެއްގެ މަތިން ވާނީ ޖީއެމްއާރުން އެއާޕޯޓު ނަގަން ޖެހޭ ކަމަށް ސަރުކާރަށް ދެންނެވި ކަމަށެވެ.
ޔާމީން ވިދާޅުވީ އިންޑިޔާއާ ދެކޮޅަށް އެދުވަހުވެސް މިއަދުވެސް މަސައްކަތްކުރަނީ ޕީޕީއެމްކަމަށާއި އެ ދުވަހުވެސް މިއަދުވެސް އެއްކޮޅުގައި ތިބީ އެއްބައެއް ކަމަށެވެ. ޕީޕީއެމްއަށް މިއަދުވެސް ވިސްނެނީ އެދުވަހުވެސް ވިސްނި ގޮތައް ކަމަށް ވެސް ފާހަގަ ކުރެއްވިއެވެ.
އިންޑިއާގެ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަށްފަހު ރައީސް ޔާމީން ވަނީ ދައްކަންޖެހޭ ފައިސާވެސް ޖީއެމްއާރަށް ދައްކާފައެވެ. އަދި އެއާޕޯޓަށް ތަރައްޤީގެ އިންގިލާބެއްވެސް ގެނެސްދެއްވާފައެވެ.
One Response
އެއާޕޯރޓް ކަންތަކުގަ ޔާމީން ވަރެއް ނެއް..