ގދ.ތިނަދޫގައި 200 ހައުސިން ޔުނިޓް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ތިނަދޫގައި 200 ހައުސިންގ ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް ސިއެރާ ކޮންސްޓްރަކްޝަން އާއި ސްޓަރ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗަރ އާ ވަނީ ހަވާލުކޮށްފައެވެ. 253،990،863.00 ރުފިޔާއަށް މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ގދ.ތިނަދޫގައި 200 ހައުސިންގ ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް ސިއެރާ ކޮންސްޓްރަކްޝަން އާއި ސްޓަރ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗަރ އާ ހަވާލު ކޮށްފި.
253،990،863.00 ރުފިޔާއަށް މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމުމަށް. pic.twitter.com/wDoqGIiMpB
— Min.of National Planning, Housing & Infrastructure (@MoNPHImv) October 6, 2022
ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހައުސިންގ ޔުނިޓްތައް އެޅުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން ދާދިފަހުންވެސް ވަނީ ގިނަ ރަށްތަކެއްގައި ހައުސިން ޔުނިޓް އަޅާދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައެވެ. އެންމެ ފަހުން ސަރުކާރުން ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވާ ބައެއް ރަށްތަކުގެ ތެރޭގައި ށ.ކޮމަންޑޫގައި 30 ހައުސިން ޔުނިޓް، ޅ.ކުރެންދޫގައި 50 ހައުސިން ޔުނިޓް، ހއ.ދިއްދޫގައި 75 ހައުސިން ޔުނިޓް، ދ.ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓް، ލ.ގަމުގައި 100 ރޯހައުސް، ށ.މިލަންދޫގައި 50 ހައުސިންގ ޔުނިޓް، ގއ.ވިލިނގިލީގައި 50 ހައުސިންގ ޔުނިޓް އަދި ނ.ހޮޅުދޫގައި 30 ހައުސިންގ ޔުނިޓް، ޅ.ހިންނަވަރުގައި 100 ހައުސިން ޔުނިޓް އަދި ނ.މަނަދޫގައި 40 ހައުސިން އެޅުމަށް ނިންމާފައިވެއެވެ.
ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ރަށްތަކާއި، އަދި ބިމުގެ ޖާގަ ދަތިވެ ގެވަޅު ދިނުމަށް ދަތިވެފައިވާ ރަށްތަކުގައި ސަރުކާރުގެ އެހީގައި ހައުސިންގ މަޝްރޫޢުތައް އަންނަނީ ކުރިއަށްގެންދަމުންނެވެ. މިއަހަރުގެ ތެރޭގައި 2000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓުގެ މަސައްކަތް ނިމޭނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ