ގަވާއިދާއި ޚިލާފަށް އުޅަނދު ރަޖިސްޓްރީކުރާ މައްސަލަ ހައްލުކުރާނަން: ނަހުލާ

ގަވާއިދާއި ޚިލާފަށް އުޅަނދު ރަޖިސްޓްރީކުރާ މައްސަލަ ހައްލުކުރާނަން: ނަހުލާ

Author
މުޙައްމަދު ޖިމީ
06 އޮކްޓޯބަރ 2022 02:44
0

ޤަވާއިދާއި ޚިލާފަށް އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްފައިވާ މައްސަލާގައި ފިޔަވަޅު އަޅާނެކަމަށް ޓްރާންސްޕޯޓް މިނިސްތަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

100 އެއްހާ އުޅަނދު ޤަވާއިދާއި ޚިލާފަށް ރަޖިސްޓްރީކޮށްފައިވާ މައްސަލާގައި ރަޖިސްޓްރީ ބާޠިލުކޮށްފައިވެއެވެ. އެކަމާއި ގުލިގެން ނަހުލާ ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނާއި ހަދަމުންދާ އޯޑިޓް ތެރެއިން އޮޅުވާލައިގެން ރަޖިސްޓަރކޮށްފައިވާ އުޅަނދުތައް ފެންނަމުންދާކަން ފާހަގަކުރެވޭކަމަށެވެ.

ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަނަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދުފުޅެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވަކި މީހަކަށް ބެލުމެއްނެތި އަޅާނެ ކަމަށެވެ. އަދި އެފަދަކަންކަން ޤަވާއިދުގެ ތެރެއިން ކުރުމަށްޓަކައި އެއްވެސް ފަސްޖެހުމެއްނެތި މަސައްކަތްކުރާނެ ކަމަށް ނަހުލާ ވިދާޅުވިއެވެ.

މާލޭގައި އެއް ގަރާޖަކަށް އެތައް ސަތޭކަ އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ. ނަމަވެސް މިހާރު އެފަދަ އެއްވެސް ކަމެއް ނުހިނގާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.