އެމްއެމްޕީއާރުސީ އާއި ގުޅުންއޮތް ބޮޑު 5 މައްސަލައެއް ދައުވާކުރުމާއި މެދު ގޮތް ނިންމަނީ

އެމްއެމްޕީއާރުސީ އާއި ގުޅުންއޮތް ބޮޑު 5 މައްސަލައެއް ދައުވާކުރުމާއި މެދު ގޮތް ނިންމަނީ

ގުޅުންހުރި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރްސީގެ ބޮޑު ޚިޔާނާތުގެ 5 މައްސަލައިގައި ޑިއުޓީ ޕްރޮސިކިއުޝަން ނުވަތަ ދައުވާކުރުމާ މެދު މަޝްވަރާއަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން މިއަދު ބުނެފައިވަނީ ތަހުގީގު ނިންމި ފަސް މައްސަލައިގެ ތެރޭގައި އަމިއްލަ ފަރުދުންނާއި ކުންފުނިތައް ވެސް ޝާމިލްވާ މައްސަލަތައް ހިމެނޭ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކެއްގައި ދައުވާކުރުމާ ހިސާބުގައި އޮތްއިރު، އޭސީސީން އެކަނި މި ތަހުގީގު ފެށީ އެސެޓް ރިކަވަރީ ކޮމިޝަން އުވާލައި ހުރިހާ މަސައްކަތްތަކެއް ހަވާލުކުރުމުންނެވެ.

ޓޫރިޒަމްގެ ބޭނުމަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް، 37 ރަށަކާއި 12 ފަޅެއް ނުއަގުގައި ދޫކޮށްފައިވެއެވެ. މިހާތަނަށް މުއައްސަސާތަކުން އަންދާޒާކުރާ ގޮތުގައި އެކި މީހުންނަށް ބަހާލި މި ރަށްތަކުން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ލިބިފައިވެއެވެ.

އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން މަޖިލީހުން އާންމުކުރި މިލިސްޓުގައި ހިމެނެއެވެ. އޭގެ ތެރޭގައި ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކުވެސް ހިމެނެއެވެަ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށްކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ. އޭސީސީން މަސައްކަތް ކުރަމުންދަނީ ގެއްލިފައިވާ ނުވަތަ ވަގަށް ނަގާފައިވާ ފައިސަތައް އަބުރާ ދައުލަތަށް ހޯދުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ