އެއް މަސް ދުވަހުގެ ތެރޭގައި ޕީޕީއެމަށް 10،000 މެންބަރުން

އެއް މަސް ދުވަހުގެ ތެރޭގައި ޕީޕީއެމަށް 10،000 މެންބަރުން

Author
މުޙައްމަދު ޖިމީ
05 އޮކްޓޯބަރ 2022 06:38
0

އިދިކޮޅު ޕީޕީއެމަށް މެންބަރުން އިތުރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ކުރު މުއްދަތެއްގެ ތެރޭގައި 10،000 މީހުން ޕާޓީއަށް ވެއްދުމަށްފަހު، ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ.

މިއަދު މެންދުރު އިލެކްޝަންސް ކޮމިޝަނަށް 10،000 ފޯމް ހުށައެޅީ، ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕުންނެވެ. ފޯމްތަކާއި ހަވާލުވެވަޑައިގަތީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުުވާދު ތަޢުފީގެވެ. ޕީޕީއެމް އިން ބުނީ މިއަދު ހުށައެޅި ފޯމްތަކަކީ އެއްމަސް ދުވަހުގެ ތެރޭގައި އެޕާޓީއަށް ވަދެފައިވާ މެންބަރުންގެ ފޯމްކަމަށެވެ. ފޯމުތަކަކީ އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ފުރާފައިވާ ފޯމުތަކެއްކަމަށްވެސް ޕީޕީއެމް އިން ބުންޏެވެ.

ޕީޕީއެމް އިން އަންނަނީ މިމަހުގެ 15ގައި އެޕާޓީގެ އެތެރޭގެ އިންތިޚާބު ބޭއްވުމަށް މަސައްކަތްކުރަމުންނެވެ. އިންތިޚާބާ ދިމާކޮށް 12،000އާއި ގާތްކުރާ ޢަދަދަކަށް އެޕާޓީއަށް މެންބަރުން އަލަށް ވަދެފައިވާކަމަށްވެސް ޕީޕީއެމް އިން ބުންޏެވެ.

ޕީޕީއެމްއަކީ މިވަގުތު ރާއްޖޭގައި އޮތް ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓިއެވެ. އެޕާޓިގެ ދަފްތަރުގައި މިވަގުތު  38،020 މެމްބަރުން ތިބިކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.