ނަރީޝް ދޮގު ހެކި ދިންކަމަށް ބުނެ، ދައުލަތުން ޝަރީއަތަށް ލިޔުންތަކެއް ހުށަހަޅައިފި

ނަރީޝް ދޮގު ހެކި ދިންކަމަށް ބުނެ، ދައުލަތުން ޝަރީއަތަށް ލިޔުންތަކެއް ހުށަހަޅައިފި

މިހާރު ކުރިޔަށްދާ، ވ. އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރކުރުމާއި ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާގެ ޝަރީއަތުގައި ޔާމިންގެ ދިފާއުގައި، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ދޮގު ހެކި ދިންކަން ސާބިތު ކުރުމަށް ޝަރީއަތަށް ދައުލަތުން ލިޔެކިޔުންތަކެއް ހުށަހަޅައިފިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި 1 މިލިއަންޑޮރަކުގެ ރިޝްވަތު ގަބޫލުކޮށް ފައިސާ ލޯންޑަރ ކުރިކަމަށް ދައުލަތުން ޔާމިންގެ މައްޗަށް ދައުވާ ކުރާއިރު، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން ކުރަމުންދަނީ ރިޝްވަތު ދިނުމުގެ ދައުވާއެވެ.

ޝަރީއަތުގައި ކުރިޔަށްދާ މި ޝަރީއަތުގައި އެންމެ ފަހުން ބޭއްވުނު އަޑު އެހުމުގައި ވަނީ ހެކިބަސް ނެގުމުގެ މަރުހަލާ ނިންމާލާފައެވެ. އެހެންނަމަވެސް މިއަދު ދައުލަތުން ހުށހަޅާފައިވާ ލިިޔެކިޔުންތަކަކީ ޔާމިންގެ ދިފާއުގައި ދީފައިވާ ހެކިބަހާއިބެހޭ ލިޔެކިޔުންތަކެވެ. އަދި ދައުލަތުން ބުނެފައިވަނީ މިއަދު ހުށަހެޅި ލިޔެކިޔުންތަކަކީ ދިފާއީ ހެކިންގެ ހެކިބަހުގެ ދެތުދޮގު ކަށަވަރު ކުރުމާއި ގުޅުންހުރި ލިޔެކިޔުންތައް ކަމުގައެވެ.

ޔާމިންގެ ދިފާޢި ހެކިންގެ ތެރޭގައި ކުރީގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލިހުގެ އެހާރާއި މިހާރުގެ ބައެއް މެމްބަރުންވެސް ހިމެނޭއިރު، މިއަދުގެ ލިޔެކިޔުންތައް ހުށަހަޅަމުން ދައުލަތުން ބުނެފައިވަނީ މިއަދު ޝަރީއަތަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި، ޔާމިންގެ ދިފާއުގައި ހެކިބަސް ދިން ބައެއް ފަރާތްތަކުން ދީފައިވާ ހެކިބަސް ނަފީކުރެވޭނެ ލިޔެކިޔުންތައް ހިމެނޭނެ ކަމުގައެވެ.

ދައުލަތުން މިއަދުގެ ޝަރީއަތަށް ހުށހެޅި ލިޔުންތަކާއި ގުޅޭ ސާފު މައުލޫމާތު ހާމަވެފައި ނުވި ނަމަވެސް، ދައުވާލިބޭ ޔޫސުފް ނައީމުގް ވަކީލު ހަމްޒާ ލަތީފް މި ލިޔެކިޔުންތަކާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކުން އެނގޭ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި، ޔާމިންގެ ދިފާއުގައި ހެކިބަސްދިން އަހުމަދު ނަރީޝްއާއި ގުޅުންހުރި ލިޔުންތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި، ޔާމިން ވިދާޅުވެގެން ޔޫސުފް ނައީމާއި އެއް މިލިއަން ޑޮލަރު ހަވާލުކުރިކަމަށް ހެކިބަސް ދިން ނަރީޝް އޭރު ވަޒީފާ އަދާކުރަމުން ދިޔަ ހާޒިރީގެ ރެކޯޑް ހިމެނެއެވެ. އަދި މިލިޔެކިޔުންތަކުން، އެގެން ހުރި ގޮތުގައި އެދުވަސްވަރު ޔާމިންއާއި ގާތް ގުޅުންތަކެއް ބޭއްވިކަމަށް ނަރީޝް ބުނާއިރު، އޭރު އޭނާ ވަޒީފާ އަދާކުރަމުން ދިޔައީ ސިފައިންގެ ވަޒީފާގައިކަންވެސް އެގެން ހުރެއެވެ.

ނަރީޝް ސިފައިންގެ ވަޒީފާއިން ވަކި ކޮށްފައިވަނީ، އޭރުގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ނާއިބު ރައީސްކަމުން ވަކި ކުރުމަށްފަހު، އަހުމަދު އަދީބު އޭރު ހިންގި ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ވުމުގެ ކުށުގައެވެ.

އޭގެ އިތުރުންވެސް ދައުލަތުން ޝަރީއަތަށް ހުށަހެޅުއްވި ލިޔެ ކިޔުންތަކުގެ ތެރޭގައި، އޭރުގެ އިކޮނިމިކް މިނިސްޓަރު، މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި، އޭރުގެ ކެބިނެޓް ވަޒީރެއް ކަމުގައިވާ އަހުމަދު ޒުހޫރު ޝަރީއަތުގައި ދެއްވި ހެކިބަސް ނަފީކުރުމަށް ހުށަހެޅި ލިޔެ ކިޔުންތައްވެސް ހިމެނޭކަން ޝަރީއަތުގައި ދެއްކި ވާހަކަ ތަކުން އެގެން ހުރެއެވެ.

އޭގެ ތެރޭގައި ހިމެނެނީ، އާރަށް ކުއްޔަށް ދިނުމާއި ގުޅިގެން އެބޭފުޅުން ސޮއި ކުރެއްވި އޭރުގެ އިކޮނޮމިކް ކައުންސިލްގެ ޔައުމިއްޔާއެއް ނޯންނާނެ ކަމަށްބުނެ ދެއްވި ހެކިބަސް ދެއްވާފައިވި ނަމަވެސް، ދެބޭފުޅުންވެސް ސޮއި ކުރައްވާފައިވާ ޔައުމިއްޔާތަކެވެ.

މިއަދުގެ ޝަރީއަތުގައި ދައުލަތުން "ސަކަރާތް ޖަހަން" އުޅޭކަމަށް ޔާމިންގެ ވަކީލު، ކުރީގެ ނާއިބު ރައީސް މުހައްމަދު ޖަމީލް ވިދާޅުވުމުން ގާޒީ ޝަކީލް ވަނީ އޭނާގެ ވާހަކަ ހުއްޓުވާފައެވެ. އަދި ގާޒީ ވިދާޅުވީ ދައުލަތުންވެސް، އަދި އެނޫން ވަކީލަކުވެސް ޝަރީއަތުގެ މަޖިލިހުގައި ސަކަރާތް ނުޖަހާނެކަމަށާއި، އޭނާގެ ބަސްމަގު ރަގަޅު ކުރުމަށެވެ.

ދައުލަތުން ހުށެހެޅި އާ ލިޔެކިޔުންތަކާއި ގުޅެގޮތުން ވާހަކަ ދައްކަމުން ޔާމިންގެ ވަކީލުން ވިދާޅުވީ ދައުލަތުން ހެކި ހުށަހަޅަން ޖެހޭނީ ދައުވާ ފޯމާ އެކު ކަމަށާއި ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ މި މަރުހަލާގައި ހުށަނޭޅޭނެ ކަމަށެވެ. އެހެންނަމަވެސް ދައުލަތުން ބުނެފައިވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ވާގޮތުން ފަހުން ފެންނަ ހެކިތަށް ޝަރީއަތުގެ މަޖިލީހަށް ހުށަހެޅޭނެ ކަމަށެވެ. ކުރިން އެ ހެކިތައް ހުށަ ނޭޅުނު ސަބަބެއް ކަމުގައި ދައުލަތުން ބުނެފައިވަނީ މައްސަލަ ހުށަހެޅި މަރުހަލާއި ހެކިންގެ މައުލޫމާތު އެގެން ނެތުމުގެ ސަބަބުން ކަމުގައެވެ. އެހެންކަމުން އެ ލިޔުންތައް ހޯދުމަށް ކުރިން ނޭގޭނެކަމަށްވެސް ދައުލަތުން ބުނެފައި ވެއެވެ.

ދައުލަތުން ހުށަހެޅި ލިޔުންތަކާއި ގުޅޭގޮތުން ޔޫސުފް ނައީމްގެ ވަކީލުން ވިދާޅުވީ ދައުލަތުން ހުށަހެޅި ލިޔުންތަކުގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކުގެ ހާޒިރީ ޝީޓްތަކާއި، 2015 ވަނަ އަހަރާއި 2019 ވަނަ އަހަރާއި ދެމެދުގެ ޔައުމިއްޔާތައްވެސް ހިމެނޭ ކަމަށާއި އެހެންކަމުން އެ ލިޔުންތައް ކުރިންވެސް ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް އޮތް ކަމުގައެވެ.

ޔާމީންއާއި ޔޫސުފް ނައީމްގެ ދިފާއީ ވަކީލުންގެ ވާހަކަތަކަށް ރައްދު ދެމުން، ލިޔުންތައް ހުށަހަޅަންޖެހުނު ގޮތުގެ ތަފްސީލްތަކަށް ދިއުމުގެ ފުރުސަތު ގާޒީ ދައުލަތަށް ދެއްވާފައެއް ނުވެއެވެ. ގާޒީ ވިދާޅުވީ މިމަރުހަލާގައި ދެއްކޭނީ އެ ލިޔުންތައް ބަލައިގަތުމާ ގުޅޭ ވާހަކަތައް ކަމުގައެވެ.

ގާޒީ ޝަކީލް ވިދާޅުވީ ދެން އޮންނަ އަޑު އެހުމެއްގައި ލިޔުންތަކާއި ގުޅޭގޮތުން ގޮތެއް ނިންމަވާނޭ ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

3 Responses

  1. ދޮގުހެކިދީ ދޮގުހެކި އުފައްދާ ސަރުކާރަކަށް ހީވާނެ ތިމާމެންކުރާ ކަންތައް އެހެން މީހުންވެސް ކުރާނެކަމަށް، އެކަމުގެ ހެއްކެއްނޫންތޯ ހަމަ ތިމައްސަލައިގާ މި ދޮގުސަރުކާރުން ދޮގު ހެކިތަކެއް ( ސޮއިނުކޮށް ހުރި މާސިންގާ ) ލިއުމެއް ކޯޓަށް ވައްދައިގެން ފުމުނީ، ދޮންހަސަނަށް ހީވާނެ ފުޅައްބުޑުންދަންޏާ ކެއޮގަނޑު ކަނޑާލާނޭ، ތިމާމެންކުރާކަންތައް އެހެން މީހުންގެ ބޮލަށް ކަނޑާލުމުގެ އެއްމެ ހިޔަޅުވައްތަރުގެ ސަރުކާރެއްމިއޮތީ މިގައުމަށް ފާވެފާ، ކުރިހުވަޔާ ޚިލާފުވި ބަޔަކު ކޮންކަމެއްކުރަން ޖެހިލުން ވާނީ؟
    ބަހަނާއާ ފިތުނައިން ފޯވެފާވާ ސަރުކާރަކަށް ކުރެވޭނެ އެހެންކަމެއް ނޯންނާނެ، ރޔާމީން ފަހަތުން ދުވެދުވެ ތިއްބާ ތިމާމެން ދައުރު ނިމުނީމި، ގައުމަކަށް ރައިއްޔަތަކަށް ކޮށްދިން އެއްވެސްޚާއްސަ ކަމެއް ބޮޑުކަމެއް ނެތް ކުދި ކުދި ކަންތައް ކޮްލަކޮށްލާ ތިބެނީ ގޮނޑުދޮށުގާ ކަކުނި ހޮރެއް ހުރިއްޔާ މިސަރުކާރުގެ ޕުރަޖެކުޓެއްކަށް އެވެސް ގުނާނެ، ދައރުނިމޭތީ މިހާރު އެ އުޅެނީ ފަހުންފުރާ ބޮޑުރިޔާ ނަގައިގެން، ތުންމަތީ ރިޔާނެގިއަސް ތި ޖަހަލާގަނޑެއްކަހަލަ ފެންބަރުކައިފަ އޮތް ފަސްޓަނު ހަމަނުވާ ބަނގަލާ ގަނޑެއް ނުދުވާނެ، ދެން ފެންނާނީ ރިޔާތައް ފަޅަފަޅައިގެންގޮސް މާކަނޑުމެދަށް ޢަރަގުވާތަން.

  2. ހާމަވަމުން މިދަނީ މިސަރުކާރު ގާނޫނާޚިލާފުވާކަމުގެ ހެކިތަކެއް ހެކި ހުށައަޅާ މަރުހަލާ ނިމިފާއޮތްއިރުވެސް މި ހިޔަޅުބުއްދީގެ ސަރުކާރުން ދޮގުހެކި އުފައްދާ ޝަރީއަތް ގަޑުބަޑުކުރަން އުޅުމަކީ މިނާގާބިލުސަރުކާރު ޝަރީއަތަށް ނުފޫޒު ފޯރުވާފަ އޮތްކަމުގެ އަލިގަދަ ދަލީލެއް، ގޮތްހުސްވެ ކަރުތާފެނަށް ވެއްޓިއްޖެކަން އެނގެނީ މިބާވަތުގެ މުޑުދާރުއަމަލުތަކުން،
    ރޔާމީން ގައުމު އާރާސްތު ކުރެއްވީތީ ތިމާމެނަށް ގައުމަށް ކަމެއްކޮށްނުދެވުމަކީ ރޔާމިނާ ހަސަދަލައިގެން ރޔާމީން ފަހަތްޕުޅުން ދުވަން ޖެހުމެއް ނޫނންކަން މި ހަސަދަވެރި ފިތުނަވެރި ގޮތެއްފޮތެއްނެތް ސަރުކާރަށް ނުވިސްނުމަކީ ރޔާމީން ކުށެއްނޫން، ހަމައރކަނި ރޔާމީން ކުށަކީ ގައުމުތަރައްގީކޮށްދެއްވުންކަން މިހާރު މުޅި ދުނިޔެވެސް ގަބޫލުކުރޭ އަދި ސާބިތުވެސް މި ހިޔަޅު ބުއްދީގެސަރުކާރުން ކޮށްދެމުން މި ދަނީ، ރޔާމިނަކީ މައުސޫމު ބޭފުޅެއްކަން ސާބިތުވާނެ އިންޝައަﷲ،

  3. ހަޤާގަތުގައިވެސް ތިޔައީ ޑރގ ޑލަރެއް ކަމުގެ އެތަށް ހެއްކެއް އެބައޮތް
    ތިފަދަ މީހުން ދޮގުހެކި ދިނުމާ މީހުން މެރުމަށް ފަސް ނުޖެހޭނެކަން ޤަބޫލުކުރަންޖެހޭނެ !
    މިފަދަ ނުބައި ޖާހިލުންގެ ނިމުން ﷲ ހިތިކުރައްވާށި ! އެތަށް އާއިލާއެއްގެ ތެރެއަށް މަސްތުވާތަކެތި ވައްދާ ކުށެއްނެއް އެތަށް ބަޔަކު ފުޑު ފުޑުކުރުމުގެ ތުހުމަތު ޔާމީނުގެ ގުރޫޕްމައްޗަށް ކުރެވޭ!
    ގިޔާމަތްދުވަހު ﷲ ސ ވ ގެދަރުބާރުގަ ދޮގުހެކިދީ ސުވަރުގެއިން ބިންފޭރި ލާޖައްސާ ސިންގަޕޫރަށް 13 ދަތުރުކުރި ގޮތަށް ކަންކުރެވޭނެބބާ?
    ނޫނީ ﷲގެ އަޒާބުން ރެކި ަލާމަތް ވާން ދޮގާމަކަރުން އޮޅުވާލެވޭނެވާ?

Leave a Reply

Your email address will not be published. Required fields are marked *