އީޔޫއިން ޔޫކުރެއިންގެ 15،000 ސިފައިން ތަންރީން ކޮށްދެނީ

އީޔޫއިން ޔޫކުރެއިންގެ 15،000 ސިފައިން ތަންރީން ކޮށްދެނީ

ގުޅުންހުރި

ޔޫރަޕިއަން އިއްތުހާދުގެ ގައުމުތަކުން ޔޫކުރެއިންގެ 15،000 ސިފައިން ތަމްރީނު ކޮށްދޭން އެއްބަސްވެފައިވާކަމަށް ސްޕައިގެލް މެގަޒިންއިން ހޯމަ ދުވަހު ރިޕޯޓު ކޮށްފިއެވެ.

އަންނަ ހަފްތާގައި ބްރަސަލްސްގައި، މި ކަމުގެ އެންމެ ފަހުގެ މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާ މި ޕްލޭންގައި ވާގޮތުން، މި ސްކީމުގެ ހެޑް ކުއާރޓަރު ޕޮލޭންޑުގައި ގާއިމް ކުރުމަށްޓަކާ އީޔޫއިން ފަންޑު ހަމަޖައްސާ ދޭނެއެވެ. އެހެންނަމަވެސް މި ސްކީމުގެ ބައެއް ބައިތައް އީޔޫގެ އެހެން ބައެއް ގައުމުތަކުގައި ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް، އީޔޫގެ ބައެއް ފަރާތްތަކާއި ހަވާލާދީ ސްޕައިގެލް މެގަޒިންއިން ރިޕޯޓު ކޮށްފައި ވެއެވެ.

މި މަޖައްލާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޖާރމަނީއިން ހުށަހަޅާފައިވަނީ ކޮމްބެޓް ސިމިއުލޭޝަން (ހަގުރާމައި ހާލަތު ވަޒަން ކުރެވޭ) ސެންޓަރެއްގައި ޓްރޫޕް ޓްރެއިނިން ފޯރު ކޮށްދިނުމަށެވެ. އަދި ޔޫކުރެއިންގެ އަސްކަރިއްޔާގެ އިންޖިނޭރުންނާއި، މެޑިކްސް އަދި އެހެނިހެން ސްޕެޝަލިސްޓް ޓްރެރިނިންތައްވެސް އެގައުމުގައި ފޯރުކޮށްދިނުމަށް ޖާމަނީން ހުށަހަޅާފައި ވެއެވެ.

ފާއިތުވެދިޔަ އޮގަސްޓްމަހު، ޖާމަނީގެ ޗާންސެލަރ އޮލާފް ޝޯލްޒް ވަނީ، އެގައުމުގައި ޔޫކުރެއިންގެ ސިފައިންނަސް ތަމްރީން ފޯރުކޮށްދޭނެކަމަށް ވިދާޅުވެފައެވެ. ޑެންމާކުން ބުނެފައިވަނީ ޔޫކުރެއިންގެ 130 ސިފައިން ތަމްރީނު ކޮށްދިނުމަށް އިނގިރޭސިވިލާތުން ކުރިޔަށް ގެންދާ ޕްރޮޖެކްޓަށް އެގައުމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައެވެ.

ޖާމަނީގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އީޔޫ ޓްރެއިނިންގ މިޝަންއާއި ގުޅޭގޮތުން އީޔޫގެ ޕާޓްނަރުންނާއި ވަރަށް ގާތުން މަޝްވަރާ ކުރަމުން ދާކަމުގައެވެ.

"ނަތީޖާ ވަރަށް އަވަހަށް ފެންނާނެ، އެހެންނަމަވެސް އެއީ ސީދާ ކޮން ވަގުތެއްގައި ކަމެއް ދަންނަވާކަށް ނޭގޭ،" ޖާރމަނީގެ ޑިފެންސް މިނިސްޓްރގެ ތަރުޖަމާން ހޯމަދހުވަހު ވިދާޅުވެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ