އައްޒަ މެންސް ޑޭ ފާހަގަ ކުރިގޮތް ކަމުދޭތަ؟

އައްޒަ މެންސް ޑޭ ފާހަގަ ކުރިގޮތް ކަމުދޭތަ؟

Author
ފާތިމަތު ނާވީ
20 ނޮވެމްބަރ 2020 06:59
0

ފިލްމީ ބަތަލާ އައްޒަ އިންޓަނޭޝަނަލް މެންސް ޑޭ ފާހަގަ ކޮށްފިއެވެ.

މި އަހަރުގެ ރީތި ތާރީހް ކަމުގައިވާ 20.02.2020 ގައި އެކްޓަރ މުއާ އާއި ކައިވެނި ކުރި މި ދެތަރިންގެ ޖޯޑަކީ މިހާރު އިންޑަސްޓްރީގައި އެންމެ މަގުބޫލު ޖޯޑެވެ. މީގެ އިތުރުން މިއީ ގިނަ ޒުވާންކުދިން މިސާލެއްގެ ގޮތުގައި ބަލާ ކަޕުލް އެކެވެ.

އުފަންދުވަހާއި، އެނިވަރސަރީ އާއި އަދި މިނޫންވެސް ދުވަސްތަށް ވަރަށް ކުލަގަދަކޮށް ފާހަގަ ކުރާ ބަތަލާއެއްގެ ގޮތުގައި އައްޒަ ވަނީ ފާހަގަ ކުރެވިފައިއެވެ. އެގޮތުން އައްޒަ ވަނި މި ދުވަހުގެ ތަހުނިޔާ ކިއުމުގެ ގޮތުން މުއާ އާއި އެކުު ނަގާފައިވާ ފޮޓޯއެއް ހިއްސާ ކޮށް ދުވަހުގެ ތަހުނިޔާ ކިޔާފައިއެވެ.

 

View this post on Instagram

 

A post shared by Mariyam Azza (@axzxa)

މީގެ އިތުރުން އައްޒަ ވަނީ އިންސްޓަގްރާ ސްޓޯރީގައި ވެސް ބައެއް ބައެއް މަންޒަރުތަށް ހިއްސާ ކޮށްފައިއެވެ. ސޯޝަލް މީޑިއާގައި ހަރަކާތްތެރި މި ރީތި ބަތަލާ މި ފަހުން އެއްވެސް ފިލްމަކަށް ސޮއި ކުރިކަމުގެ ހަބަރެއް އަދި މިހާތަނަށް ލިބިފައިއެއް ނުވެއެވެ.

އައްޒަގެ އިންސްޓަގްރާމް ސްޓޯރީ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.