ބްރެޒިލްގެ ރިޔާސީ އިންތިޚާބުގައި، ދެ ރައީސުންގެ ގަދަ ހިފުން ދެވަނަ ބުރަކަށް

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގައި، ދެ ރައީސުންގެ ގަދަ ހިފުން ދެވަނަ ބުރަކަށް

ބްރެޒިލްގެ ވާދަވެރި ރިޔާސީ އިންތިޚާބުގައި ވާދަކުރާ މިހާރުގެ ރައީސް ޖައިރު ބޮލްސޮނާރޯއާއި ކުރީގެ ރައީސް ލުއިޒް އިނާސިއޯ ލުލާއާއި، ދެ ބޭފުޅުންކުރެ އެއްވެސް ބޭފުޅަކަށް %50 އަށްވުރެ މަތިން ވޯޓު ނުހޯއްދެެވުމުން ދެވަނަ ބުރަކަށް ދާން ޖެހިއްޖެއެވެ. މި އިންތިޚާބުގައި، ބުރެޒިލްގެ ރައްޔިތުން ވޯޓު ލުމަށްޓަކާ ދިގު ސަފުތަކެއްގައި ގިނައިރު ތިބެން ޖެހުނުއިރު، އެ ގައުމުގެ އެތައް މިލިއަން ރައްޔިތުންވަނީ އިންތިޚާބުގައި ވޯޓު ލާފައެވެ.

ބްރެޒިލްގެ އިލެކްޓޯރިއަލް ސުޕީރިއަރ ކޯޓުން އާންމު ކޮށްފައިވާ ނަތީއަށް ބަލާއިރު، ވޯޓުގެ %99 ގުނާ ނިމިފައިވާއިރު، ވާތުފިޔައަށް ނިސްބަތްވާ ލުއިޒް އިނާސިއޯ ލުލާ ވަނީ ކަނާތިފިޔައިގެ، މިހާރުގެ ރައީސް ބޮލްސޮނާރޯއަށްވުރެ އިތުރަށް ވޯޓު ހޯއްދަވާފައެވެ. އެހެންނަމަވެސް އޭނާއަށް ފުރަތަމަ ބުރުން އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންވާ %50 އަށްވުރެ އިތުރަށް ވޯޓު ހޯއްދެވިފައެއް ނުވެއެވެ.

އެންމެ ފަހުން އިއުލާން ކޮށްފައިވާ ނަތީޖާއަށް ބަލާއިރު ލުލާ، ވޯޓުލީ މީހުންގެ 48.4 އިންސްތައް ކާމިޔާބު ކޮށްފައި ވާއިރު، މިހާރުގެ ރައީސް ބޮލްސޮނާރޯއަށް ކާމިޔާބު ކުރެއްވުނީ 43.2 އިންސައްތަ ވޯޓެވެ.

މިހާރުގެ ރައީސް ބޮލްސޮނާރޯއަށް ލިބިފައިވާ ނަތީޖާއަކީ ޚިޔާލު ހޯދުންތަކުގެ ދައްކާފައިވާ ނަތީޖާތަކަށްވުރެ %8 މަތީ އަދަދަކަށް ވާއިރު، ކުރީގެ ރައީސް ލޫލާއަށް ލިބިގެން ގޮސްފައިވަނީ ޚިޔާލު ހޯދުންތަކުން ދެއްކި ނަތިޖާއަށްވުރެ %3 ދަށް ނަތީޖާއެކެވެ.

ފުރަތަމަ ބުރުގެ ނަތީޖާއަށްފަހު އާދިއްތަ ދުވަހުގެ ރޭ، ބުރެޒިލްގެ ވެރިރަށް ސައު ޕައުލޯގައި ރިޕޯޓަރުންނާއި ވާހަކަ ދައްކަވަމުން ލޫލާ ވިދާޅުވެފައިވަނީ އޮކްޓޯބަރުމަހުގެ 30ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ ބުރު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަނަށް އޭނާއަށް އޮތް ކަމުގައެވެ.

ލޫލާ ވަނީ 2002 ވަނަ އަހަރުން 2010 ވަނަ އަހަރާއި ހަމައަށް ބުރެޒިލްގެ ރައީސްކަން ކުރައްވާފައެވެ.

އާދީއްތަ ދުވަހު ކުޑަ ވަގުތުކޮޅަކަށް ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން މިހާރުގެ ރައީސް ބޮލްސޮނާރޯ ވިދާޅުވެފައިވަނީ އިންތިޚާބުގެ ނަތީޖާއިން ފެނިގެން ދިޔައީ، ބުރެޒިލްގެ ފަގީރު މީހުންގެ އިހުސާސްތައް ކަމަށެވެ. އަދި އޭނާވަނީ އެގައުމުގައި ތަކެތީގެ އަގު އުފުލެމުންދާ ދިއުމާމެދު ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވާ ދެއްވާނޭކަމަށް ވިދާޅުވެފައެވެ.

ދުނިޔޭގައި އޮތް 4 ވަނައަށް އެންމެ ބޮޑު ޑިމޮކްރަސީގައި، ވޯޓުލުމަށް 123 މިލިއަން މީހުން ކިއުތަކުގައި ގިނައިރު ތިބެފައި ވެއެވެ. އަދި 32 މިލިއަން މީހުން މި އިންތިޚާބުގައި ވޯޓު ލާފައެެއް ނުވެއެވެ. މިއިންތިޚާބުގައި 11 ކެނޑިޑޭޓަކު ވާދަ ކޮށްފައިވާއިރު، އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު އޮތް ކަމަށް ބެލެވެނީ ދެ ރައީސުންކުރެ ކޮންމެވެސް އެއް ބޭފުޅަކަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.