މިއަހަރުގެ ނޯބެލް ޕްރައިޒް ސުވިޑްންގެ ސައިންޓިސްޓް ސްވާންޓޭ ޕާބޯއަށް

މިއަހަރުގެ ނޯބެލް ޕްރައިޒް ސުވިޑްންގެ ސައިންޓިސްޓް ސްވާންޓޭ ޕާބޯއަށް

އާ ހޯދުންތަކާއި އަދި އިންސާނީ ޚިދުމަތްތައް ފާހަގަ ކުރުމުގެ ގޮތުން ދުނިޔޭގައި ދެވެމުންދާ އެންމެ ޝަރަފްވެރި އިނާމް ކަމުގައިވާ ނޯބްލެ ޕްރައިޒް މި އަހަރު، ސްވިޑްންގެ ސައިންސްވެރިއެއް ކަމުގައިވާ ސްވާންޓޭ ޕާބޯ ކާމިޔާބު ކޮށްފިއެވެ.

ނޯބެލް ޕްރައިސް 2022 ސްވާންޓޭ ޕާބޯ ކާމިޔާބު ކޮށްފައިވަނީ ފިސިއޮލޮޖީ ނުވަތަ މެޑިސިންގެ ދާއިރާއިން އޭނާ ހޯދާފައިވާ އާ ހޯދުންތަކާއި ގުޅިގެންނެވެ. އޭނާގެ އާ ހޯދުންތައް ގުޅިފައިވަނީ "އިންސާނުންގެ ތެރެއިން ނެތި ގޮސްފައިވާ އިންސާނީ ދަރިކޮޅުތަކުގެ ޖެނެޓިކްސް (އިންސާނުންގެ އެންމެ އަސާސީ މާއްދާ) އާއި އިންސާނުން އުފެދި ބަދަލުވަމުންދާ ގޮތް"ތަކާއެވެ.

"އޭނާގެ އުފެއްދުންތެރި އާ ހޯދުންތަކުން ސްވާންޓޭ ޕާބޯ ވަނީ، މީގެ ކުރިން ނުކުރެވޭނެ ކަމަށް ބެލެވެނުން ކަންކަން ހާސިލް ކޮށްފަ: އޭނާ ވަނީ ނީންޑަރތަލް (Neanderthal)، (އިންސާނުންގެ ނެތިގޮސްފައިވާ ދަރިފަސްކޮޅެއް- އައިސް އޭޖުގައި ޔޫރަޕްގައި މީގެ 35،000 އަހަރާއި 120,000 އަހަރާއި ދެމެދުގައި ދިރިއުޅު)، މިހާރުގެ އިންސާނުންގެ ދަރިފަސްކޮޅަށް ނިސްބަތްވާ ނެތިގޮސްފައިވާ ދަރިފަސްކޮޅުގެ ޖެނެޓިކް ސީކުއަންސް (އިންސާނުން އުފެދިފައިވާ އެންމެ އަސާސީ މާއްދާ އެތުރިފައިވާ ގޮތް) ހޯދާފަ. އޭގެ އިތުރުން އޭނާ ވަނީ ވަރަށް ކުރީގެ އިންސާނީ ދަރިފަސް ކޮޅެއް ކަމުގައިވާ ޑެނިސޯވާ އާއި ގުޅުންހުރި ވަރަށް ފުރިހަމަ ހޯދުންތައް ހޯދާފަ،" ނޯބެލް ކޮމިޓީން ހޯމަ ދުވަހު ވިދާޅުވެފައި ވެއެވެ.

ނޯބަލް ކޮމިޓީން ހާމަ ކޮށްފައިވާ ގޮތުގައި، މެކްސް ޕްލޭންކް އިންސްޓިޓިއުޓް ފޯރ އިވޮލިއުޝަނަރީ އެންތުރޮޕޮޖީގެ ޑިރެކްޓަރ ޕާބޯ ވަނީ، މީގެ 70،000 ވަރަކަށް އަހަރު ކުރިން އެފްރިކާއިން ހިޖުކުރި ކުރިންތަކާއި ގުޅިގެން hominins (މިހާރު ނެތިގެން ގޮސްފައިވާ އިންސާނީ ދަރިފަސްކޮޅުން)އިން Homo sapiens (މިހާރުގެ އިންސާނުން ނިސްބަތްވާ ދަރިފަސްކޮޅު) އަށް ޖީންތައް ވާސިލް ވެފައިވާކަންވެސް ހޯދާފައެވެ.

"އިހުގެ ޒަމާންތަކުގެ ޖީލްތަކުން މިހާރުގެ ޖީލްތަކަށް ޖީންތައް މި ބީދައިން ވާސިލް ވުމަކީ މިއަދުގެ ސައިކޮލޮޖިކަލް ހާލަތާއި ވަރަށް ބޮޑު ގުޅުމެއް ހުރިކަމެ، މިސާލަކަށް އިންސާނުންގެ ދިފާއީ ނިޒާމުތައް އާ ބަލިތަކާއި ގުޅިގެން ހަރަކާތްތެރި ވަމުންދާ ގޮތްތައް،" ނޯބެލް ކޮމިޓީން ފާހަގަ ކޮށްފައި ވެއެވެ.

ޕާބޯގެ 2020 ވަނަ އަހަރުގެ ދިރާސާއަކަށްފަހު އޭނާ ވިދާޅުވެފައިވާ ގޮތުގައި ނީންޑަރތަލް ޑިއެންއޭގެ ކުޑަ މިންވަރެއް ހުރި ކަމުގައިވި ނަމަވެސް، ކޯވިޑް19ގެ އަސަރު ބޮޑަށް ކުރުމުގެ ފުރުސަތު ވަރަށްވެސް ބޮޑު ވެގެން ދެއެވެ.

ނޯބެލް ޕްރައިސްއަކީ، ސައިންސްވެރިން ހޯދާ އާ ހޯދުންތަކާއި ގުޅިގެން ދުނިޔޭގައި ދެވޭ އެންމެ ޝަރަފްވެރި އިނާމެވެ. މި އެވާރޑްއަކީ ސުވިޑްންގެ ކަރޮލިންސްކާ އިންސްޓިޓިއުޓްގެ ނޯބެލް އެސެމްބްލީިން ދޭ، 900,357 އެމެރިކާ ޑޮލަރު (10 މިލިއަން ސުވިޑިޝް ކްރޯވްންސް)ގެ އަގުހުރި އެވާޑެކެވެ.

މި އެވާރޑް ނިސްބަތްވަނީ ޑައިނަމައިޓް ހޯދި ސުވިޑްންގެ އަލްފްރެޑް ނޯބަލްއަށެވެ. އޭނާ ވަނީ 1895 ވަނަ އަހަރު، އޭނާގެ މިލްކިއްޔާތުގެ ބޮޑުބައި ބޭނުންކޮށްގެން އިންސާނިއްޔަތަށް އެހީތެރިވެދޭ ފަރާތްތަކަށް ޚާއްސަކޮށް ފަންޑެއް އުފައްދާފައެވެ.

އަދުގެ ދުނިޔޭގައި މި އިނާމް ދެވެމުންދަނީ އާ ހޯދުންތަކާއި ދުނިޔެއަށް އާދަޔާ ޚިލާފް ޚިދުމަތްތައް ކޮށްދޭ ފަރާތްތަކުގެ ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.