ދަރަވަންދޫއަށް މިއަހަރު އައި ފުރަތަމަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް ކިޔައިފި

ދަރަވަންދޫއަށް މިއަހަރު އައި ފުރަތަމަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް ކިޔައިފި

Author
ހުސައިން
01 ޖެނުއަރީ 2025 07:45
0

ދަރަވަންދޫއަށް މިއަހަރު އައި ފުރަތަމަ ފަތުރުވެރިޔާއަށް އެރަށުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. ދަރަވަންދޫ ކައުންސިލުން "ދަރަވަންދޫއަށް ޒިޔާރާތްކުރުމުގެ އަހަރު 2025″ ގެ ގޮތުގައި މިއަހަރު ފާހަގަކުރުމަށް ނިންމައި، އިއްޔެ ރޭ އެ ޕްރޮގްރާމް ރަސްމީކޮށް ފަށައިފިއެވެ.  މި ޕްރޮގްރާމަކީ ދަރަވަންދޫގެ ތަރައްގީގެ ޕްލޭން 2022-2026 ގައި ހިމެނޭ، ރަށުގެ ފަތުރުވެރިކަން ކުރިއެރުވުމަށް އަމާޒުކޮށްފައިވާ މުހިންމު މަޝްރޫޢެކެވެ.

އެގޮތުން މި އަހަރުގެ ފުރަތަމަ ފަތުރުވެރިޔާގެ ގޮތުގައި ފްރާންސްގެ އިނެސް ޝެރިފާ ހަދްބީއަށް ބޮޑުބެރާއި ސަގާފީ ނެށުމުގެ ހަރަކާތްތަކާއެކު ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ދަރަވަންދޫ ކައުންސިލުން އޭނާއާއި އޭނާގެ ފިރިމީހާއަށް ހަނދާނީ ފިލައެއްގެ އިތުރުން، ފަސް ދުވަހުގެ ހިލޭ ހުރުމާއި ސްކޫބާ ޑައިވިންގ އަދި ފަސް އެކްސްކާޝަންގެ ފުރުސަތު ދީފައި ވެއެވެ.

ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި "މަގޭ ދަރަވަންދޫ" ކެމްޕެއިނަކީ ރަށުގެ އިޤްތިޞާދު ކުރިއެރުވުމަށާއި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ހިންގާ ޚާއްސަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން މުއައްސަސާތަކާއި، ގެސްޓްހައުސް ވިޔަފާރިތަކާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރާނެއެވެ.

މި އަހަރު ތެރޭގައި މަންތާ ސެންޓަރެއް އެޅުމާއި، ސަގާފީ މަރުކަޒެއް ބިނާކުރުމުގެ އިތުރުން، މޫދާއި ބީޗު ސަރަހައްދުގައި ތަފާތު ފެސްޓިވަލްތަކާއި މުބާރާތްތައް ބޭއްވުމަށް ވަނީ ރާވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.