ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، މާފަންނު ޕޮލިސް ސްޓޭޝަނަށްވަދެ ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައާ ގުޅިގެން ކ. މާލެ، ހުޅުމާލެ، ގޯތި ނަންބަރު 11399، މުޙައްމަދު އަޛުހާނު އިސްމާޢީލް (31އ) ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.
މުޙައްމަދު އަޛުހާނު އިސްމާޢީލާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށް ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ