އަމީތާބު އަމިއްލަ ސެންޓެއް ނެރެފި

އަމީތާބު އަމިއްލަ ސެންޓެއް ނެރެފި

Author
ފާތިމަތު ނާވީ
05 އޮކްޓޯބަރ 2022 08:38
0

ބޮލީވުޑްގެ ލިވިންގ ލެޖެންޑް އަދި ބިގް ބީގެ ގޮތުގައި މަޝްހޫރު އަމީތާބް ބައްޗަން އަމިއްލަ ސެންޓް ކަލެކްޝަނެއް ލޯންޗްކޮށްފިއެވެ.

"ލެޖެންޑް 1942″ ނަމުން ނަން ދީފައިވާ މި ވަސްމީރު ސެންޓް ކަލެކްޝަންގައި ހިމެނޭ އުފެއްދުންތަކަކީ ސީދާ އިންޑިއާގެ ސައްތައިން ސައްތަ އުފެއްދުމެވެ. ސެންޓުގެ ނަމުގައި ވާ ސިހާބު ނަންބަރު ތަކަކީ އަމީތާބް އުފަންވި އަހަރެވެ.

މި ސެންޓަކީ ތަޖުރިބާ ކާރު ޓީމެއްގެ އެހީގައި ވަރަށް ބުރަ މަސައްކަތުން ހަދައިފައިވާ ސެންޓެކެވެ. އަދި ހަމަ އެހެންމެ މި ސެންޓަކީ ވަރަށް ގިނަ ދުވަހުން އުފެދުނު އެއްޗެއް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އަމިތާބް ގެ ސެންޓް ކަލެކްޝަނަކީ ލަގްޒަރީ ސެންޓް ކަލެކްޝަންއެވެ. މި ސެންޓްގެ އަގުތައް އަދި ހާމަކޮށްފައެއް ވެއެވެ. މި ސެންޓުގެ ވަހަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާނެ ވަސްތަކެއް ކަމަށް އުންމީދު ކުރެވޭ ކަމަށް ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Amitabh Bachchan (@amitabhbachchan)

އަމިތާބުގެ ކުރިއަށް އޮތް ފިލްމް އަކީ "ގުޑްބައީ" އެވެ. މި ފިލްމަކީ ސައުތުގެ މަޝްހޫރު ބަތަލާ ރަޝްމިކާ މަންދަނާ ބޮލީވުޑަށް ތައާރަފްވާ ފިލްްމުވެސް މެއެވެ. ފިލްމް ޕްރިމިއާ ކުރާނީ މިމަހުގެ 7 ވަނަ ދުވަހުގައި ނެޓްފްލިކްސް އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.