އިންޑޮނޭޝިއާގެ ފުޓްބޯޅަ ސްޓޭޑިއަމެއްގައި، ހިނގި ހަމަނުޖެހުންތަކުގައި، މީހުން ތޮއްޖެހި ބާރު ބޮޑުވެގެން 129 މީހުން މަރުވެ އެތައް ބަޔަކަށް އަނިޔާވެއްޖެ ކަމުގައި އެގައުމުން ފުލުހުން ވިދާޅުވެއްޖެއެވެ.
އިންޑޮނޭޝިއާގެ ފުލުހުންނާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މީހުން ތޮއްޖެހެން މެދުވެރިވީ ސަބަބަކީ، އެގައުމުގެ އީސްޓް ޖާވާ ޕްރޮވިންސްގެ އިރުމަތީ ސިޓީއެއް ކަމުގައިވާ މަލަންގގެ ސްޓޭޑިއަމްގައި ކުރިޔަށްދިޔަ ފުޓު ބޯޅަ މެޗަކަށްފަހު، ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ކަމުގައެވެ.
ފުލުހުންގެ ފަރާތުން ނެރެފައިބާ ބަޔާނެއްގައި ވިދާޅުވެފައިވަނީ، މި ދަނޑުގައި، ހޮނިހިރުދުވަހުގެ ރޭ ކުރިޔަށް ދިޔަ ފުޓްބޯޅަ މެޗަށްފަހު، އެރީމާ އެފްސީގެ ސަޕޯޓަރުން ދަނޑަށް އަރާ ހަމަނުޖެހުން ހިންގީ އެ މެޗްގައި ޕާރސްބާޔާ ސުރަބަޔާއާއި ދެކޮޅަށް ކުޅެ 3-2 އިން އެރީމާ އެފްސީ ބަލިވުމާއި ގުޅިގެން ކަމުގައެވެ.
ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވަނީ، މި ހަމަނުޖެހުންތަކުގައި ފުލުހުންގެ ދެ އޮފިސަރަކު މަރުވުމާއި ގުޅިގެން، ދަނޑުމަތީގައި ހަމަނުޖެހުން އުފައްދަމުންދިޔަ ފަރާތްތައް އެމީހުން ތިބި ތަނަނަށް ފޮނުވުމުގެ ގޮތުން ފުލުންވަނީ ރަޔަޓު ގިޔަރު ބޭނުންކޮށް އަދި ކަރުނަ ގޭސްވެސް ބޭނުން ކޮށްފައި ކަމުގައެވެ.
އަދި ފުލުހުން ކަރުނަ ގޭސް ބޭނުން ކުރަމުން ފެށުމާއެކު، ކަރުނަ ގޭހުން ސަލާމަތްވުމަށް، ދަނޑަށް ވެދެތިބި އެތައް ސަތޭކަ ބަޔަކު ވަނީ ގޭޓުން ބޭރަށް ނިކުތުމަށް ގޭޓާއި ދިމާލަށް ދުއްވައިގެންފައެވެ. މީހުން މަރުވާން މެދުވެރިވީ އެތައް ސަތޭކަ ބަޔަކު އެއް ވަގުތެއްގައި ގޭޓުން ނިކުތުމަށް އުޅުމުގެ ތެރޭގައެވެ.
"35 މީހުން މަރުވެފައިވަނީ ސްޓޭޑިއަމްގައި. ދެން ތިބި މީހުން މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް،" އީސް ޖާވާ ޕޮލިސް ޗޯފް ނިކޯ އަފިންޓާ ވިދާޅުވެފައި ވެއެވެ.
އޭނާ ވިދާޅުވި ގޮތުގައި މަރުވި މީހުންގެ އަދިވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ.
މިހާދިސާއާއި ގުޅިގެން އިންޑޮނޭޝިއާ ސަރުކާރުންވަނީ މާފަށް އެދިފައެވެ. އަދި މި ހާދިސާގެ ފިރިހަމަ ތަހުގީގެއް ހިންގާނެކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ