އިނގިރޭސިވިލާތުގެ ކޮންޒަވެޓިވް ޕާޓީގެ ކޮންފަރެންސުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ވެރިކަންކުރާ މައި ޕޓީ އެމްޑީޕީގެ ޗެއާރޕާސަންގެ ނާއިބުން އިނގިރޭސިވިލާތަށް ވަޑައިގަންނަވައިފިއެވެ.
އެމްޑީޕީން ބުނީ ކޮންޒަވެޓިވް ޕާޓީގެ ކޮންފަރެންސުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ޗެއަރޕާސަންގެ ނާއިބުންކަމަށްވާ، ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒާއި، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ އިނގިރޭސިވިލާތަށް މިއަދު ފުރާވަޑައިގެންފައިވާކަމަށެވެ.
އިނގިރޭސި ވިލާތުގެ ކޮންޒަވެޓިވް ޕާޓީގެ ކޮންފަރެންސުގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި، ޗެއަރޕާސަންގެ ނައިބުން @ali_niya އަދި @ahmedabdulla2a މިއަދު އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފި pic.twitter.com/Nn5cwX8Q5W
— MDP Secretariat (@MDPSecretariat) September 30, 2022
އިނގިރޭސިވިލާތުގެ ކޮންޒަވެޓިވް ޕާޓީ އަކީ އެޤައުމުގެ ވެރިކަންކުރާ ޕާޓީއެވެ. އެޕާޓީއަކީ ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީ އުފެދުނީއްސުރެ ގާތް ގުޅުމެއް އޮންނަ ޕާޓީއެކެވެ.
ކޮމެންޓު ފޮނުވާ