ގިނަ ބަޔަކާއެކީ ލިވާތު ކުރުމުގެ ކުށް ސާބިތުވެ މިހާރުވެސް ޖަލުހުކުމެއް ތަންފީޒު ކުރަމުންދާ، ބަންގލާދޭޝްގެ ރައްޔިތެއް ކަމުގައިވާ އަލަމްގިރި، 40 މީހުންގެ އޮރިޔާން ވީޑިއޯ ހެދުމުގެ ކުށް ސާބިތުވެ، ދެ އަހަރާއި ނުވަ މަސްދުވަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.
ކުރިމިނަލް ކޯޓުން އަލަމްގިރީގެ މައްޗަށް އިއްވި ޖަލު ހުކުމްގައި ވާގޮތުން، އޭނާގެ މައްޗަށް ސާބިތުވި 40 ދައުވާގެ ތެރެއިން ދެ ދައުވާއެއްގެ ހުކުމް ތަންފީޒުކޮށް ވަނީ ނިމިފައެވެ. އަދި ތިން ދައުވާއެއްގައި އިއްވި ހުކުމުން 25 ދުވަސްވެސް އޭނާވަނީ ހުކުމް އިއްވި އިރުވެސް ތަންފީޒުކޮށް ނިންމާފައެވެ. އަދި ތިންވަނަ ދައުވާއެއްގައި އޭނާ ތަންފީޒުކުރަން ޖެހެނީ ޖަލުގައި ދެދުވަހެވެ.
މިގޮތުން ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވާފައިވަނީ 38 މައްސަލައެއްގެ ހުކުމް އޭނާ ޖަލުގައި ތަންފީޒު ކުރާން ޖެހޭނެކަމަށެވެ.
އެއް ޖިންސުން އެތައް ބަޔަކާއިއެކު ގުޅުން ހިންގި ކަމަށް އޭނާ އިއުތިރާފު ވުމުން އަލަމްގިރީގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގައެވެ.
އަލަމްގިރީގެ ވީޑިއޯތަކުގައި ހިމެނޭ ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި ފުލުހުންގެ ވަޒީފާއެއްގައި ހުރި މ.ރަތްމަންދޫ, ޖަވާހިރުވާދީ، އަބްދުއްރަހްމާނު ރަފީއު އަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ މައްސަލައިގައި ނާޒިމް ތިން މަސް ދުވަހަށް ގޭގައި ބަންދު ކުރުމަށް ހުކުމް ކުރިއިރު ރަފީއުގެ މައްޗަށް އިއްވީ އެއް އަހަރާއި ދެ މަސް ދުވަހުގެ ޖަލު ހުކުމެކެވެ.
ލިވާތު ކުރިކަމަށް އެއްބަސްވެފައިވާތީ އަހަރު ދުވަހުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒުކުރަމުންދާ އަލަމްގިރްގެ މައްޗަށް، ދައްުވާ ކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 (ސާޅީސް) ދައުވާއެވެ. އޭނާ ކުށަށް އިއުތިރާފް ވެފައިވަނީ މި ދައުވާގެ ޝަރީއަތުގައި، އިބްތިދާއީ އަޑުއެހުމުގެ މަރުހަލާގައެވެ.