ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރުގެ މައްޗަށް ދައުލަތުން އުފުލި އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާގެ ހުކުމް ކުރުން މާދަމައަށް ފަސްކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތީ މިއަދު އޮތީ 40 ދައުވާއަށް އަލަމްގީރް އެއްބަސްވެފައިވާތީ އޭނާގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ކުށުގެ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ. ސިއްރުކޮށްގެން ކުރިއަށް ގެންދާ މިމައްސަލަައިގެ އަޑުއެހުންތައް ނިންމާލާފައިވާތީ މާދަމާ އޮންނާނީ ހުކުމްކުރުން ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި ކުށުގެ އަދަބަކީ ކޮންމެ ދައުވާއަކަށް 27 ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންކަމުން 40 ދައުވާއަށް 1080 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އެއް ޖިންސުން އެތައް ބަޔަކާއިއެކު ގުޅުން ހިންގި ކަމަށް އޭނާ އިއުތިރާފު ވުމުން އަލަމްގީރްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގައެވެ.
އަލަމްގީރުގެ ވީޑިއޯތަކުގައި ހިމެނޭ ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި ފުލުހުންގެ ވަޒީފާއެއްގައި ހުރި މ.ރަތްމަންދޫ, ޖަވާހިރުވާދީ، އަބްދުއްރަހްމާނު ރަފީއު އަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ މައްސަލައިގައި ނާޒިމް ތިން މަސް ދުވަހަށް ގޭގައި ބަންދު ކުރުމަށް ހުކުމް ކުރިއިރު ރަފީއުގެ މައްޗަށް އިއްވީ އެއް އަހަރާއި ދެ މަސް ދުވަހުގެ ޖަލު ހުކުމެކެވެ.
ކޮމެންޓު ފޮނުވާ