ސައީދަށް އަޅުގަނޑާއި ސަރުކާރުގެ ފުރިހަަމަ އިތުބާރު އެބައޮތް: ރައީސް

ސައީދަށް އަޅުގަނޑާއި ސަރުކާރުގެ ފުރިހަަމަ އިތުބާރު އެބައޮތް: ރައީސް

Author
މުޙައްމަދު ޝަޒައިމް
27 ސެޕްޓެމްބަރ 2022 03:01
0

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދަށް މިސަރުކާރުގެ ފުރިހަމަ އިތުބާރު އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އުތީމުގެ އައު އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެ ތަރައްޤީ ކުރެވޭނީ އަތޮޅުތަކުގެ ރަށްތައް ތަރައްޤީ ކޮށްގެންކަމަށެވެ. ކޯވިޑް-19ގެ ޢާލަމީ ބަލިމަޑުކަމާއި، އިޤްތިޞާދީގޮތުން ދުނިޔެއަށް ދިމާވާ އެކި ގޮންޖެހުންތަކާއެކުވެސް ސަރުކާރުން އަތޮޅުތަކުގެ ތަރައްޤީ ހުއްޓާނުލައި ކުރިއަށް ގެންދިއުމަކީ ލިބޭ އެންމެބޮޑު ހިތްހަމަޖެހުންކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އުތީމުގައި ކަރަންޓަށް 24 އަހަރު ރައްޔިތުން އުފުލަމުންދިޔަ ބުރަ، މިއަދު ނިމުމަކަށް އައުމަކީ މުޅި ރައްޔިތުންނަށް ލިބޭ ހިތްހަމަޖެހުމެއްކަމަށެވެ. އުތީމުގައި ފެނުގެ މަޝްރޫޢު ކުރިއަށް ގެންދެވި ކުރަންހުރި ތަރައްޤީގެ މަސައްކަތްވެސް މިދަރުގެ ތެރޭގައި ނިމިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފެނައިން މިއަދު ކުރަމުންދާ ބުރަ މަސައްކަތުން މުޅި ރާއްޖޭގެ ރައްޔިތުންގެ ތާއީދާއި ލޯބި ހޯދާފައިވާކަމަށެވެ. ފެނައިކެ އެމްޑީ ސައީދުގެ ބެލުމުގެ ދަށުން ފެނަކައިން ރާއްޖޭގެ ރަށްތަކުގެ ކަރަންޓުގެ ޔަގީންކަން ކަށަވަރުކޮށްދީ ޚިދުމަތަށް ބޮޑު ބަދަލެއް ގެނެސްދީފައިވާކަމަށެވެ.

ރައީސްގެ ތާއީދު ފެނަކައަށާއި، ސައީދަށް އޮތްކަމަށް ވިާޅުވެފައިވާއިރު، ސައީދަށް ބޮޑެތި ކޮރަޕްޝަނުގެތުހުމަތުތައް ކުރަމުން ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެޖޭނިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އިބުރޭ) ވަނީ މިދިޔަ ހަފްތާގައި އެމަޤާމުން އިސްތިއުފާ ދެއްވާފައެވެ.

އިބުރޭގެ އިސްތިއުފާގެ ސިޓީގައި ވަނީ އެމްޑީ ސައިދާއި، ފެނަކައިގެ ޗެއާމަން މުހައްމަދު ރަޝީދަށް ތުހްމަތުކުރާ ބައެއް މައްސަލަތައް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ކުންފުނީގެ ވިޔަފާރި ބިލްތަކަށް ފައިސާ ދިނުމުގައި ބަލަނީ ސައީދާ ގުޅުން އޮންނަ ފަރާތްތަކަށް ފައިސާ ދޫކުރަން ކަމަށް ބުނެފައިވެ އެވެ. އަދި އަމިއްލަ ކުދި ވިޔަފާރީތަކުގެ ތެރެއަށް ވަދެ ސައިދާއި މުހައްމަދު ރަޝީދު ފައިދާ ހޯދަމުންދާ ކަމަށްވެސް އޭގައި ވެއެވެ.

އިބުރޭ ތުހުމަތުކުރާ ގޮތުގައި ކޮރަޕްޝަނުގެ ބޮޑެތި އަމަލުތަކާއި ގުޅިގެން އަދި ކުންފުނި ހިންގުމުގެ ގާބިލްކަމެއް ނެތުމުން ކުންފުނި ވަނީ ވަރަށް ބޮޑަށް ދަރާފައި ކަމަށް ބުނެފައި ވެއެެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.