"ޕަތާން" އިން އަނެއްކާ ވެސް ޝާހްރުކް ހުސްގަޔާ ހުރި ޕޯސްޓަރެއް!

"ޕަތާން" އިން އަނެއްކާ ވެސް ޝާހްރުކް ހުސްގަޔާ ހުރި ޕޯސްޓަރެއް!

Author
ފާތިމަތު ނާވީ
27 ސެޕްޓެމްބަރ 2022 02:49
0

2018 ވަނަ އަހަރުގެ ފްލޮޕް ފިލްމް "ޒީރޯ" އަށް ފަހު ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާން ބޮޑުސްކްރީނަން އެނބުރި އަންނަ ފިލްމު ޕަތާންގައި އޭނާ ފެންނަ ޕޯސްޓަރެއް ފުރަތަމަ ދައްކާލުމާއި އެކުގައި ގިނަ ބަޔަކު އަޅައިގަތީ އޭނާގެ ފިރިހެން ވަންތަ ހަށިގަނޑެވެ.

ޕެކްތަށް ފާޅުވާން ހުރި ރީތި ހަށިގަނޑުފެންނަ ފޮޓޯއެއް އާންމު ކުރީ މިގެ ހައެއްކަ މަސްކުރިންނެވެ. އެއީ ފިލްމް "ޕަތާން" ގައި ޝާހު ފެނިގެންދާ ގޮތްކަމަށް ބުނެ އާންމު ކުރި ފަސްޓް ލުކެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

އެއާއެކުގައި އަނެއްކައި ވެސް މި ވަނި ފިލްމުގެ އިތުރު ޕޯސްޓަރެއް ދައްކާލައިފައެވެ. ފުރަތަމަ ޕޯސްޓަރެކޭ އެއްފަދައިން މި ޕޯސްތަރުގައި ވެސް ޝާހްރުކް ހުރީ ހުސްގަޔާއެވެ. ގޮނޑިއެއްގައި އޮށޯވެލައިގެން އޮތް އިރުގައި އޭނާގެ ހަށިގަނޑުގައި ޖަހާލާފައިހުރި ގޮޅިތައް ވަރަށް ފުރިހަމައަށް މި ޕޯސްޓަރުން ވެސް ފެނެއެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

މީގެ ކުރިން ފިލްްމުގެ އިތުރު ދެތަރިން ކަމަށްވާ ދީޕިކާ އަދި ޖޯން އަބްރަހަމްގެ ވެސް ފިލްމުގައި ފެނިގެންދާގޮތުގެ ފަސްޓް ލުކް ވަނީ ދައްކާލައިފައެވެ. މިއީ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ.

މި ފިލްމު ރިލިޒް ކުރުމަށް ތާވަލު ކޮށްފައިވަނީ 2023 އަށެވެ. ފިލްމުގެ މަސައްކަތްތައް ބާރަށް ކުރިއަށް ދާއިރު މިއީ ބޮޑު ކާސްޓެއް ހިމެނޭ ބޮޑު ބަޖެޓް ފިލްމެކެވެ. މި ފިލްމުން ޝާހްރުކާއެކު ފެނިގެން ދާނީ ދީޕިކާ ޕަޑްކޯން އެވެ. އަދި މުހިންމު ރޯލު ތަކުން ޝަބާނާ އާޒްމީ އާއި ޖޯން އަބްރަހަމް ފަދަ ތަރިންވެސް ފެނިގެން ދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.