ޔުއެފޭ ނޭޝަންސް ލީގު ގްރޫޕް އޭ ވަންގައި ޑެންމާކް އާއި ފަރަންސޭސިވިލާތް ބައްދަލުކުރި މެޗު ޑެންމާކް ކާމިޔާބުކުރި ނަމަވެސް ފައިނަލް ބުރުގެ ފުރުސަތު ގެއްލިއްޖެ އެވެ.
ޑެންމާކްގައި ކުޅުނު މި މެޗް އެޓީމް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ފްރާންސުންނެވެ. ޑެންމާކްގައި ކުޅުނު މި މެޗްގެ ފުރަތަމަ ލަނޑު 33 ވަނަ މިނެޓްގައި ޖަހާދިނީ ކެސްޕަރ ޑޮލްބަރގްއެވެ. އަދި ދެވަނަ ލަނޑު އޭގެ ހަ މިނެޓްފަހުން ޖަހާދިނީ އެންޑްރިއާސް އޯލްސެންއެވެ.
މި މެޗްގައި ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މި ކާމިޔާބީއާއެކު ޑެންމާކް މިފަހަރުގެ ނޭޝަންސް ލީގުގެ ގްރޫޕް މެޗްތައް ނިންމާލީ 12 ޕޮއިންޓާއެކު ދެވަނައިގަ އޮވެގެންނެވެ.
މި މެޗާއި ކުރިމަތިލީއިރު ނޭޝަންސް ލީގުގެ ފައިނަލް ބުރަށް ދިއުމުގެ ހަނި ފުރުސަތެއް އޮތް ނަމަވެސް ކްރޮއޭޝިއާއިން އޮސްޓްރިއާ ބަލިކުރުމާއެކު އެ ފުރުސަތު މިވަނީ ޑެންމާކްއަށް ގެއްލިގެން ގޮސްފައެވެ. އަދި އެންމެފަހުގެ ޗެމްޕިއަން ފަރަންސޭސިވިލާތް ރެލިގޭޝަނުން ސަލާމަތްވެފައި މިވަނީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ. ފަރަންސޭސީންނަށް ލިބިފައިވަނީ ހަ މެޗުން 5 ޕޮއިންޓެވެ.