ސްޓޮކް މަދުވުމުން 50 ރުފިޔާގެ ނޫޓް އަލުން ޗާޕުކޮށްފި

ސްޓޮކް މަދުވުމުން 50 ރުފިޔާގެ ނޫޓް އަލުން ޗާޕުކޮށްފި

Author
މުޙައްމަދު ޝަޒައިމް
26 ސެޕްޓެމްބަރ 2022 10:57
0

ރަންދިހަ ފަހެއް ފައިސާ ނޫޓު ސީރީޒްގައި ހިމެނޭ 50 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން ޗާޕު ކޮށްގެން ގެނެސްފިއެވެ.

އަލަށް، ޗާޕުކޮށްގެން ގެނައި ނޫޓުތައް، ދައުލަތުގެ ޚަޒާނާގައި ރައްކާކޮށްފައިވާ ކަމަށާއި އެނޫޓުތައް ރާއްޖެ ގެނައީ މިމަހުގެ 25 ވަނަ ދުވަހު ކަމަށް އެމްއެމްއޭއިން ބުނެއެވެ. "ރަންދިހަ ފަހެއް"ގެ ނަމުގައި އާ ނޫޓު ސީރީޒް ބޭނުންކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ދިވެހި ރުފިޔާގެ އައު ނޫޓް ސީރީޒްގެ ނޫޓްތަކަކީ ކުރިން ބޭނުންކުރި ނޫޓް ސީރީޒްތަކުގެ ނޫޓްތަކާ ޚިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ ޒަމާނީ ނޫޓްތަކެކެވެ. މި ނޫޓްތަކުގައި އެކުލެވޭ ބައެއް ސެކިއުރިޓީ ފީޗާސްތަކަށް ބަލާއިރު، ރަންދިހަ ފަހެއްގެ ނޫޓްތަކަށް އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ސީރިއަލް ނަމްބަރު ދިއްލޭނެއެވެ.

އަދި އަލްޓްރާ ވައިލެޓް އަލީގައި ނޫޓްގެ މޫނުމަތީ އަގު ގޮޅިއެއްގައި ދިއްލިފައި ހުންނައިރު، މިއީ އާދައިގެ އަލީގައި ފެންނާނެ އެއްޗެއްނޫނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.