އާރަށުގެ މައްސަލައިގެ ހެކިބަސް ނަގައި ނިމިއްޖެ

އާރަށުގެ މައްސަލައިގެ ހެކިބަސް ނަގައި ނިމިއްޖެ

Author
މުޙައްމަދު ޝަޒައިމް
25 ސެޕްޓެމްބަރ 2022 12:10
0

ވ. އާރަށް ކުށްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް ޔާމީންނާއި، ޔޫސުފް ނައީމްގެ މައްޗަށް ދައުވާ ކުރާ މައްސަލާގެ ހެކިބަސް ނަގައި ނިމިއްޖެއެވެ.

އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާއެވެ. އަދި މި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރުން ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުލަތުން ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

މިމައްސަލާގައި މިއަދު ވަނީ ދިފާއު ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގާ ނިންމާފައެވެ. ދިފާއުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން މިމައްސަލާގައި ހުށަހަޅާފައިވަނީ 7 ހެކިންނެވެ. މިމައްސަލާގައި މިއަދު ހެކިބަސް ނަގާފައިވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދާއި، ރައީސް އޮފީހުގެ ކުރީގެ ސްޓޭޓް މިނިސްޓަރ މުޖުތާޒުގެ އިތުރުން ކުރީގެ ޔޫތު މިނިސްޓަރ އަހުމަދު ޒުހޫރުގެ ހެކިބަހެވެ.

ހެކިނަގެ ހެކިބަސް ނެގުމަށްފަހު ޝަރީއަތުން ވަނީ މިމައްސަލާގައި ހެއްކާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް ބާއްވާ އަޑުއެހުން މިމަހުގެ 29 ވަނަ ދުވަހު ބާއްވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިމުއްދަތަކީ މާ ކުރު މުއްދަތެއްކަމަށް ދިފާއީ ވަކީލުން ވިދާޅުވުމުން ޤާޒީވަނީ ހެއްކާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް ބާއްވާ އަޑުއެހުން ފަސްކުރެވޭނަމަ އެކަން ކުރީބައިގައި ޝަރީއަތުން އަންގާނެކަމަށް ވިދާޅުވެފައެވެ.

ނަމަވެސް މިޝަރީއަތަކީ ދުރާލައި ހެއްކާއި ގުޅޭގޮތުން ވާހަކަ ދައްކާނެ ދުވަހަކާއި، ޚުލާސާ ބަޔާން އިއްވާނެ ދުވަހާއި، ހުކުމްކުރާނެ ދުވަސްވެސް ކަނޑައަޅައި ދައުލަތާއި، ދިފާއުންވެސް އެއްބަސްވެފައިވާ ދުވަސް ތަކެއްކަން މިމައްސަލަ ބައްލަވާ ޤާޒީ ވަނީ ޝަކީލް ވަނީ ވިދާޅުވެފައެވެ. ދިފާއުން ވަނީ ހެއްކާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށާއި، ޚުލާސާބަޔާން އެއްދުވަހެއްގައި ކުރިއަށް ގެންދިއުމަށް އެއްމަސް ދުވަހުގެ މުއްދަތަކަށް އެދިފައެވެ. ނަމަވެސް ދައުލަތުން އެދުނީ ހެއްކާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށާއި، ޚުލާސާބަޔާނަށް ވާހަކަ ދެއްކުމަށް ދެ އަޑުއެހުމެއް ބޭއްވުމަށެވެ.

މިއަދުގެ އަޑު އެހުން ނިންމަވާލައްވަމުން ޤާޞީ ވަނީ ހަކިބަހާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް މިހާރު ކަނޑައަޅާފައިވާ ތާރީހަށް އެއްވެސް ބަދަލެއް އަންނަ ނަމަ ކުރީބައިގައި އަންގަވާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.