ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރުގެ މައްޗަށް ދައުލަތުން އުފުލި އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއަކަށް އޭނާ މިއަދު ކްރިމިނަލް ކޯޓުގައި އިއުތިރާފުވެއްޖެއެވެ.
އެއް ޖިންސުން ގުޅުން ހިންގުމަށްފަހު އެ މަންޒަރު ވީޑިއޯ ކުރަމުންދިޔަ އަލަމްގީރުގެ ވީޑިއޯތައް ލީކުވީ މީގެ ތިން މަސް ކުރިންނެވެ. އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އޭނާއަށް މީގެ ކުރިން ހަތް މަސް ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ.
އާންމުންނަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެން ކުރިޔަށް ގެންދާ މި މައްސަލައިގާ މިއަދު އޮތް އަޑުއެހުމުގައި ވަކިވަކިން ކޮށްފައިވާ ސާޅީސް ދައުވާއަށް އަލަމްގިރް ވަނީ އިއުތިރާފުވެފައެވެ. އެހެންވެ، މި މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމެވެ. މީގެ ކުރިން ދައުލަތުން އަލަމްގިރްގެ މައްޗަށް އުފުލީ އެއްޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއެވެ.
އެއް ޖިންސުން އެތައް ބަޔަކާއިއެކު ގުޅުން ހިންގި ކަމަށް އޭނާ އިއުތިރާފު ވުމުން އަލަމްގީރްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގައެވެ. ވީޑިއޯތަކުގެ މައްސަލައިގައި އަލަމްގީރު ހައްޔަރު ކުރުމުން އޭނާ ވަނީ ކުށަށް އެއްބަސްވެ ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އަލަމްގީރުގެ ވީޑިއޯތަކުގައި ހިމެނޭ ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި ފުލުހުންގެ ވަޒީފާއެއްގައި ހުރި މ.ރަތްމަންދޫ, ޖަވާހިރުވާދީ، އަބްދުއްރަހްމާނު ރަފީއު އަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ މައްސަލައިގައި ނާޒިމް ތިން މަސް ދުވަހަށް ގޭގައި ބަންދު ކުރުމަށް ހުކުމް ކުރިއިރު ރަފީއުގެ މައްޗަށް އިއްވީ އެއް އަހަރާއި ދެ މަސް ދުވަހުގެ ޖަލު ހުކުމެކެވެ.
ކޮމެންޓު ފޮނުވާ