ބަންގްލަދޭޝްގެ ޒުވާނެއްކަމަށްވާ އެމްޑީ އަލަމްގިރާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ކުށް ސާބިތުވެ، މ.ރަތްމަންދޫ, ޖަވާހިރުވާދީ، އަބްދުއްރަހްމާނު ރަފީއު (ދޮންދިގު) އެއް އަހަރާއި ދެމަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ. ޑްރަގް އެންފޯސްމެންޓު ޑިޕާޓްމެންޓުގައި މަސައްކަތް ކުރި އަބްދުއްރަހްމާނު ރަފީއު (ދޮންދިގު) ޖަލަށް ލުމަށް ކޯޓުން މިއަދު ހުކުމް ކުރީ އެއް އަހަރާއި ދެ މަހާއި 12 ދުވަހަށެވެ. ނަމަވެސް އޭނާ މިހާތަނަށް ބަންދުގައި ހުރުމުން އޭނާ ޖަލުގައި ތަންފީޒު ކުރަން ޖެހޭނީ އެއް އަހަރާއި އެއް މަހާއި 28 ދުވަހެވެ.
އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ ބައެއްގެ ވީޑިއޯ މިދިޔަ ޖޫން މަހު ވަނީ ލީކްވެފައެވެ. އޭގެ ތެރޭގައި އަބްދުއްރަހްމާނު ރަފީއުވެސް އަލަމްގިރާ އެއްކު އެއްޖިންސުން ގުޅުން ހިންގާތަން އެ ވީޑިއޯތަކުން ފެނެއެވެ.
ގިނަ އަދަދެއްގެ ދިވެހި ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމްގިރްއާއެކު ނާޒިމް އެއްޖިންސުން ގުޅުން ހިންގި ކަމަށް އަލްމްގިރް ވަނީ ޝަރީއަތުގައި އިއުތިރާފުވެފައެވެ. އެހެންވެ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވެ، އަލަމްގިރް މިހާރު ދަނީ ޖަލުހުކުމެއް ތަންފީޒުކުރަމުންނެވެ.
އަލަމްގިރާއެކު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްޠާރުވެސް އެއްޖިންސުން ގުޅުން ހިންގިކަމަށް ބުނާ ވީޑީއޯ ޢާންމުވިއެވެ. އަދި ނާޒިމްގެ މައްޗަށްވެސް ކުށް ސާބިތިވިއެވެ. އޭނާ ވަނީ ހަތަރު މަހަށް ގޭ ބަންދު ކުރުމަށް ކްރިމިނަލް ހުކުމް ކޮށްފައެވެ.