ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ފާސްކޮށްފި

ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ފާސްކޮށްފި

ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖު ބިދޭސީންނަށް ދިނުން ލާޒިމުވާ ދެ އަހަރު ދުވަސް، އިގުތިސޯދީ ހާލަތާ ގުޅުވައި، މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ވަޒީފާއާއިބެހޭ ޤާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދުއެވެ. ޖަމްޝީދު މި އިސްލާހު ހުށަހެޅުއްވީ ދުނިޔެެއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ހާލަތުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށްވެސް އޭގެ ނޭދެވޭ އަސަރު ކޮށްފައިވާތީ އެކަމަށް ރިޢާޔަތްކޮށެވެ.

މިއިސްލާހްގައި ބިދޭސީ މަސައްކަތްތެރިންނާއި ގުޅޭގޮތުން ވަޒީފާދޭ ފަރާތްތަކުން އަމަލު ކުރަން ލާޒިމް ކޮށްފައިވާ ދެ އަހަރުގެ މުއްދަތަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވެއެވެ. މި މަހުގެ ހަތް ވަނަ ދުވަހު ހުށަހެޅުއްވި ބިލު ފާސްކޮށްފައިވަނީ، ބިލު ދިރާސާކުރި އިޖުތިމާއީ ކޮމިޓީން އެއަށް ގެނައި އިސްލާހަކާއެކުގައެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒިފަކަށް ދެވޭ އެންމެ ކުޑަ އުޖޫރައަކީ 4500 ރުފިޔާ ކަމަށް ކަނޑައަޅައި ޤާނޫނަށް އިސްލާހު ގެނައިރު، ބިދޭސީ މުވައްޒިފުންގެ ކުޑަ އުޖޫރަ ދޭނެ ތާރީޚެއްކަމަށް ކަނޑައަޅާފައިވަނީ ދެ އަހަރުގެ މުއްދަތެކެވެ.

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވާ 5،700 ރުފިޔާއަކީ ކުދި ވިޔާފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މުވައްޒަފަކު މަސައްކަތް ކުރުމުން މަހެއްގެމައްޗަށް ދޭންޖެހޭނެ މިންވަރެވެ. މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ފާސްކޮށްފައިވާ ގޮތުން މެދު ފަންތީގެ ވިޔަފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރުމުން މަހެއްގެ މައްޗަށް މުވައްޒަފުންނަށް 7،000 ރުފިޔާ މުސާރައިގެ ގޮތުގައި ދޭންވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.