ޑރ.ޢަބްދުﷲ ވަޙީދު އަވަހާރަވެއްޖެ

ޑރ.ޢަބްދުﷲ ވަޙީދު އަވަހާރަވެއްޖެ

Author
މުޙައްމަދު ޖިމީ
20 ސެޕްޓެމްބަރ 2022 12:23
0

ރާއްޖޭގެ އެންމެ ފުރަތަމަ އޮޕަރޭޝަން ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ.ޢަބްދުﷲ ވަޙީދު އަވަހާރަވެއްޖެއެވެ. ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޑރ.ޢަބްދުﷲ ވަޙީދު އަވަހާރަވެފައިވަނީ ނިއުމޯނިއާގެ އާލާސްކަންފުޅަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަނިކޮށް މިއަދު ހެނދުނެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 65އެކެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގެ އިތުރުން، ޑރ.ޢަބްދުﷲ ވަޙީދު ވަނީ ރާއްޖޭގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗް ހިންގެވުމުގައިވެސް ދުވަސްކޮޅަކު ޚިދުމަތްކުރައްވާފައެވެ. މީގެ އިތުރުން ޕޮލިސް އިންޓެރްގްރިޓީ ކޮމިޝަންގެ ރައީސްކަމާއި، ހެލްތު މިނިސްޓްރީގައި ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު ސާވިސަސްގެ މަގާމު ހަ އަހަރުވަންދެން ޑރ.ޢަބްދުﷲ ވަޙިދު ފުރުއްވާފައިވެއެވެ.

ޑރ.ޢަބްދުﷲ ވަޙީދަކީ ޢާންމުގެ ތެރޭގައި ވަރަށް މަޤްބޫލު ޑޮކްޓަރެކެވެ. ސްޓްރޯކެއް ޖެހިވަޑައިގެން، އާލާސްކަންފުޅާއި ގުޅިގެން މިހާތަނަށް ހުންނެވީވެސް ސިއްޙީ ދާއިރާއާއި ދުރުގައެވެ. އޭގެ ފަހުން އެމަނިކުފާނު ބޮޑަށް އުޅުއްވީ ތާރީޚު ދިރާސާ ކުރެއްވުމާއި، ބްލޮގް ކިޔުއްވުމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.