ކޮމިޓީއަށް ޙާޒިރުނުވެވުނީ މައްސަރު ކަންތައް ދިމާވުމުން: ނަހުލާ

ކޮމިޓީއަށް ޙާޒިރުނުވެވުނީ މައްސަރު ކަންތައް ދިމާވުމުން: ނަހުލާ

Author
މުޙައްމަދު ޖިމީ
19 ސެޕްޓެމްބަރ 2022 02:06
0

މިދިޔަ ހަފްތާގެ ބުދަދުވަހު މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް ވަޑައިގެންނެވުން ލަސްވީ މައްސަރުކަންކަން ދިމާވުމުންކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ކޮމިޓީ ބައްދަލުވުން ނުފެށި ލަސްވުމުން ގިނަމެންބަރުންގެ ނުރުހުން އެކަމަނާއަށް އަމާޒުވިއެވެ. އަދި ސަލާމަތީ ޚިދުމަތް މެދުވެރިކޮށް ކޮމިޓީއާ ހާޒިރުކުރުމަށް އަމުރު ނެރޭނެކަމުގެ އިންޒާރުވެސް ދެއްވާފައިވެއެވެ. އެ މައްސަލަ ހޫނުވެފައިވަނިކޮށް މިއަދު ބޭއްވި ކޮމިޓީގައި ދިމާވި ހާލަތަކާ ގުޅިގެން ހާޒިރުވުން ލަސްވާނެ ވާހަކަ މަޖިލީހަށް ބުދަ ދުވަހު އެންގެވިކަމަށެވެ. އަދި، ހާޒިރުވާން ލަސްވީތީ މަޢާފަށް އެދިވަޑައިގަންނަވާކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.

އަޅުގަނޑު ގަޑިއަށް ހާޒިރުވާއިރު، ވަޒީރެއްގެ ކުރިން، އަޅުގަނޑަކީ އިންސާނަކަށް ވީތީ، އަންހެނަކަށް ވީތީ ދިމާވެދާނެ ހާލަތެއް އޮވެދާނެ. އެގޮތުން އަންހެނުންނަކީ ކޮންމެ މަހަކު އެއް ފަހަރު މައްސަރު ކަން ލައިގަންނަ ބައެއް ވީމާ، އެހެންވީމަ އަޅުގަނޑު ކުޑަކޮށްވެސް އިހުތިރާމު ކުޑަކުރުމުގެ ގޮތުން މަޖިލީހަށް ލަހުން އައީކީ ނޫން.

– ނަހުލާ ވިދާޅުވިއެވެ.

އެވާހަކަ ހިއްސާކުރެއްވީ އެ ކޮމިޓީގެ ތެރޭގައި އެކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރުމުން ކަމަށްވެސް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ބުދަދުވަހު ޓްރާންސްޕޯޓް މިނިސްޓްރީންވެސް ވަނީ އެދުވަހު މިނިސްޓަރ ކޮމިޓީއަށް ވަޑައިގަތުން ލަސްވީ ކުއްލިއަކަށް ދިމާވި ކަމަކާއި ގުޅިގެންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަޙްމަދު
ތެދެއްތޯ މުޤައްރިރު ޗެކް ކުރަންޖެހޭނެ.