އާލިއާގެ ދެމަފިރިންނަށް ލޯބީގެ ފިލްމެއް

އާލިއާގެ ދެމަފިރިންނަށް ލޯބީގެ ފިލްމެއް

Author
ފާތިމަތު ނާވީ
16 ސެޕްޓެމްބަރ 2022 03:40
0

ބޮލީވުޑްގެ ދެމަފިރިން ކަމުގައިވާ އާލިއާ ބަޓް އާިއ ރަންބީރު ކަޕޫރު އެކުގައި ކުޅުނު ފުރަތަމަ ފިލްްމް "ބަރަމަސްތުރާ" އަށް ލިބެމުންދާ ކާމިޔާބީއާއި އެކުގައި އެދެތަރިންނަށް ލޯބީގެ ފިލްމްއެއް އޮފާ ކޮށްފައިވާކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

5 އަހަރުގެ ދިގު މުއްދަތަކުން ނިންމާލެވުން އެދެތަރިންގެ އަލަތު ފިލމް "ބަރަމަސްތުރާ" ސިނަމާތަކަށް ގެނެސްފައިވަނީ މިމަހުގެ 9 ވަނަ ދުވަހުގައިއެވެ. އެއާއި އެކުގައި ފިލްމް އަންނަނީ ރެކޯޑްތަށް މުގުރަމުންނެވެ.

އަލަތު ފިލްމްހެ ކާމިޔާބީ ފާހަގަ ކުރަމުން އަންނަ ދަނޑިވަޅުގައި އާލިއާ އާއި ރަންބީރަށް ލިބުނު އަނެއް ފިލްމަކީ ލޯބީގެ ކޮމެޑީއެކެވެ. އަދި އެމީހުން ވަރަށް ބޮޑަށް މި ޕްރޮޖެކްޓް އަށް ޝައުގުވެރިވާ ކަމަށްވެސް ރިޕޯޓްތަށް ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

ފިލްމާއި ގުޅޭ ގޮތުން މާގިނަމަ މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ. ބެލެވޭ ގޮތުގައި އާލިއާ ދެން އިތުރު ފިލްމް އެއްގެ މަސައްކަތް ފަށާނީ ވިހެއުމަށް ފަހުގައިއެވެ.

އަލަތު ދަރިފުޅަށް ބަލިވެ އިން އާލިއާ ވަނީ "ބްރަމަސްތުރާ" ރިލީޒް ވުމާއި ހަމައަށްވެސް ފިލްްމްގެ ޕްރޮމޯޝަން ގައި ވަރަށް ބުރަކޮން މަސައްކަތް ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

މިދިޔަ އޭޕްރީލް މަހު ކައިވެނިކުރި އާލިއާ އާއި ރަންބީރަށް ވަރަށް އަވަހަށް ދަރިއަކު ލިބޭއިރުގައި ދެތަރިން ވެސް އަންނަނީ އަލތު ދަރިފުޅަށް މަރުހަބާ ކިއުމަށް ތައްޔާރީތަށް ވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.