ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އަލަމްގީރް އާ އެކުގައި އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށަށް ތައުބާވާ ކަމަށާއި ރައްޔިތުން ކިބައިން މާފަށް އެދޭ ކަމަށް ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު ބުނެފިއެވެ.
ބަންގްލާދޭޝްގެ ފިިރިހެނެއް ކަމަށްވާ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގާއި ނާޒިމްގެ މައްޗަށް ކުރި އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާއަށް އޭނާ ވަނީ އިއުތިރާފް ވެފައެވެ. އޭނާ މިއަދު ބަޔާނެއް ނެރުނީ މިއަދު ހަވީރު އެ މައްސަޅާގައި ހުކުމް ކުރުމަށް ތާވަލްކޮށްފައި ވަނިކޮށެވެ.
ނާޒިމްގެ ބަޔާނުގައި ވަނީ ކުށަށް އިއުތިރާފް ވަނީ ކުށްވެރި ވުމުގެ އިތުރުން މިކަމުގައި އޭނާ ބްލެކްމެއިލްކޮށް ފައިސާ އަތުލަން އުޅެ، ވިކްޓިމަކަށް ވެސް ވެފައި ވަނިކޮށް ކަމަށެވެ.
ނާޒިމް އެގޮތަށް ބުނި އިރު، އެ މައްސަލައިގައި ގާނޫނުލްއުގޫބާތުގެ ދަށުން އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދައުވާ ވަނީ އުފުލައިފައެވެ. އެ މައްސަލައިގެ ހުކުމް ކުރުން މިއަދު 4:30 ގައި ކްރިމިނަލް ކޯޓުގައި ވަނީ ތާވަލްކޮށްފައެވެ. އޭނާ ވަނީ އެ ކުށަށް މީގެކުރިން އިއުތިރާފްވެފައެވެ. ނާޒިމް ނެރުނު ބަޔާނެއްގައި ބުނީ އޭނާ ކުރި ކުށަށް ތައުބާވެ، އެކަމާ ހިތާމަ ކުރާ ކަމަށެވެ.
އަޅުގަނޑު ކުށަށް މި އިއުތިރާފްވަނީ އަޅުގަނޑަކީ މިކަމުގައި ކުށްވެރިއަކަށްވުމުގެ އިތުރުން މިކަމުގައި އަޅުގަނޑު ބްލެކްމެއިލްކޮށް ފައިސާ އަތުލަން އުޅެ، އެ މައްސަލައިގައި އަޅުގަނޑަކީ ވިކްޓަމެއް ކަމުގައިވާ އިރު ވެސް މެއެވެ.
– ނާޒިމް ބުނެފައިވެއެވެ.
މި މައްސަލާގައި ހިމެނޭ އަލަމްގީރު ވެސް އޭނާގެ މައްޗަށް އިއްވި ތިން ދައުވާއަށް ވަނީ އިއުތިރާފް ވެފަ އެވެ. ދައުވާކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ ދަށުން ކަމަށް ވާތީ ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ.
މި މައްސަލާގައި ހިމެނޭ މީހުންނަށް ދައުވާކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. ޖިންސީ ކުށުގެ ގާނޫނުގައި ވެސް އެއްޖިންސުން ގުޅުން ހިންގުން ކުށެއްގެ ގޮތުގައި އޮވެ އެވެ. އެ ގާނޫނުގެ ދަށުން ދައުވާކޮށްފި ނަމަ ލިބޭ އަދަބު މާ ބޮޑުވާނެ އެވެ. ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ނަމަ ދެ މީހަކު ރުހުމުގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގައިފި ނަމަ އަދަބަކީ 5-7 އަހަރަށް ޖަލަށް ލުމެވެ. ނުރުހުމުގައި ނަމަ އެކަން ކުރި މީހަކަށް 7-10 އަހަރުގެ ޖަލު ހުކުމެކެވެ.
One Response
ތިހުދުފޮށައެއް ޗީޗީ ނާޒިމް