"ޖަވާން" ގައި ޝާހްރުކް 200 އަންހެނުންނާއި އެކުގައި ވަރުގަދަ އެކްޝަން މަންޒަރެއް!

"ޖަވާން" ގައި ޝާހްރުކް 200 އަންހެނުންނާއި އެކުގައި ވަރުގަދަ އެކްޝަން މަންޒަރެއް!

Author
ފާތިމަތު ނާވީ
16 ސެޕްޓެމްބަރ 2022 06:02
0

ބޮލީވުޑްގެ ސުޕަރސްޓަރ ޝާހްރުކް ޚާނާއި ސައުތުގެ މަޝްހޫރު އެކްޓްރެސް ނަޔަންތަރާގެ ފިލްމު "ޖަވާން" ގައި 200 އަށް ވުރެ ގިނަ އަންހެނުންނާ އެކީ ވަރުގަދަ އެކްޝަން މަންޒަރެއްގެ ޝޫޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ފިލްމުގެ އެކްޝަން މަންޒަރު މި ހަފުތާގައި ޗެންނާއީގައި ފަށަން ނިންމާފައި ވާކަމަށާއި މި މަންޒަރުގައި 200 އަންހެނުންނާއި އެކުގައި ޝާހްރުކްގެ ވަރުގަދަ ތަޅާފޮޅުން ގަނޑެއް ކުރިއަށް ދާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

2018 ވަނަ އަހަރުގެ ފްލޮޕް ފިލްމު "ޒީރޯ" އަށް ފަހު ޝާހްރުކް އެނބުރި ބޮޑު ސްކްރީނަށް އައުމަަށް ދަނީ މަސައްކަތް ކުރަމުންނެއެވެ. އެގޮތުން އޭނާގެ އަތުގައި މިހާރު ވަަރުގަދަ ދެތިން ޕްރޮޖެކްޓެއް އެބައޮތެވެ.

އޭގެތެރެއިން ބެލުންތެރިންނާ އެންމެ އަވަހަށް ބައްދަލުކުރާނީ، ސިދާތު އާނަންދުގެ "ޕަތަން" އެވެ. އަދި އޭގެ ފަހުން ރާޖްކުމާރު ހިރާނީގެ "ޑަންކީ" އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު ޝޫޓިންގ ފެށި މި ފިލްމަކީ ޝާހްރުކްގެ ވަރަށް ތަފާތު ރޯލެއް ފެންނާނެ އެކްޝަން ތުރިލާއެކެވެ. ތަމަޅަ ޑައިރެކްޓަރު އެޓްލީގެ "ޖަވާން"ގައި ޝާހުރުކްގެ އަންހެނުންގެ ރޯލު ކުޅުމަަށް ދީޕިކާ ޕަޑުކޯން އެއްބަސް ވެފައި ވާއިރު، ލީޑު އެކްޓަރުގެ އަނބިމީހާގެ ރޯލުން އޭނާ ފެނުން ނަމަވެސް މިއީ ފިލްމުގައި ވަރަށް ކުޑަ ރޯލެކެވެ.

ފިލްމު "ޖަވާން"ގެ ޓީޒާއެއް ދައްކާލާފައި ވާއިރު މިއީ ނަޔަންތަރާ އާއި ޝާހް އެކުގައި ސްކްރީނުން ފެންނަ ފުރަތަމަ ފަހަރެވެ.

ޝާހްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ރެޑް ޗިލީސް އެންޓަޓެއިންމެންޓުން އުފައްދާ މި ފިލްމުގެ ކާސްޓުގައި ޝާހްރުކާއި ނަޔަންތަރާގެ އިތުރުން ސަނާޔާ މަލްހޮތުރާ އަދި ސުނިލް ގްރޯވަރުވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.